ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް (ކ) -- ފޮޓޯ: ޖޭއެސްސީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަހުމަދު ޝަކީލުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ޝަކީލްގެ ސުލޫކީ މައްސަލައެއް ބަލަން ނިންމިކަން ހާމަކޮށް، ޖޭއެސްސީން ބުނީ އެއީ ގާޒީގެ ނިންމެވުމަކާއި ގުޅޭ މައްސަލައެއްކަމަށެވެ. އެގޮތުން އެއީ މީހެއްގެ ބަންދާމެދު ގޮތް ނިންމުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ޝަކީލް ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަމަލުކުރި ކަމަށް ބުނާ މައްސަލައެއްކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ނިންމާފައިވަނީ އެ ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާއެއްގައެވެ. އެގޮތުން އެ ޖަލްސާގައި ވަނީ އިސް ގާޒީ ޝަކީލްގެ މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައި ކަމަށް ޖޭއެސްސީން ބުނެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ޝަކީލް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ހައިލަމް އިސްތިއުފާ ދެއްވުމާއެކު، އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި ކުރިމަތިލައްވައިގެންނެވެ.

ގާޒީ ޝަކީލް ވަނީ ކުރިން ޖުވެނަލް ކޯޓުގައި އަދި ފެމިލީ ކޯޓުގައި މަސައްކަތް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.