ރާއްޖޭގައި ޖަހަނީ "ކޮވިޝީލްޑް" އަދި "ސައިނފާރމް" ވެކްސިން -- ފޮޓޯ: މިހާރު

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް 130،198 މީހުން ނުޖަހާ ތިބި ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން ބުނީ، ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް 228،634 މީހުން ޖަހާފައިވާއިރު، އޭގެ ތެރެއިން 98،436 މީހުން ދެވަނަ ޑޯޒް ވަނީ ޖަހާފައެވެ.

އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލާފައިވާއިރު، މިގޮތަށް  ނިންމީ އެ ވެކްސިންގެ ސްޓޮކް ދަށްވެ، ވެކްސިން ލިބެން ނެތުމުގެ ސަބަބުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޝީލްޑް ވެކްސިންގެ އިތުރު ރާއްޖޭގައި ސިނޮފާމް ވެކްސިނާއި، ފައިޒާ ވެކްސިންވެސް ޖަހަމުން އެބަ ގެންދެއެވެ. އެގޮތުން، ތަފާސް ހިސާބްތައް ދައްކާ ގޮތުން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް 67،865 މީހުންނަށް ޖަހާފައި ވާއިރު، 10،054 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. އަދި ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް 1،140 މީހަކު ޖަހާފައި ވާއިރު، ދެވަނަ ޑޯޒް ޖަހާފައި ވަނީ އެންމެ 4 މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.