ކޮވިޝީލްޑް ވެކްސިން ބޮކްސްއެއް - ރާއްޖޭގައި ވެކްސިން ދިނުން ފަށާފައިވަނީ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝިލްޑް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޝިލްޑް ވެކްސިން ޖެހުން މެދުކަނޑާލަފައިވާ ވާހަކަ އިއުލާންކުރުމަށްފަހު ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ބުނީ، ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ވެކްސިން ގަތުމަށް ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކި 7 ލައްކަ ޑޯޒް އަންނަ މަހު ލިބޭނެ ކަމަށެވެ. އަދި އިންޑިއާގެ ސީރިއަން އިންސްޓިޓިއުޓް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދެއްކި 3 ލައްކަ ޑޯޒް ވެކްސިނުން 1 ލައްކަ ޑޯޒް ލިބިފައިވާއިރު، އިތުރު ޝިޕްމަންޓްތައް މިދިޔަ މަހު ލިބެން ތާވަލު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާލަތުގައި ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ގައުމުތަކަށް ހުރި ހުރަސްތަކާއި ލަސްތަކެއްގެ ސަބަބުން ފައިސާ ދެއްކި ވެކްސިންތައް ރާއްޖެއަށް ލިބުން ލަސް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ވެކްސިން ހޯދަން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ލިބެންދެން ކޮވިޝީލްޑް ވެކްސިން އާންމުކޮށް ހުޅުވާލައިގެން ޖެހުން މެދުކަނޑާލާފައިވާ ކަމަށެވެ.

އާންމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖެހުން މެދުކަނޑާލި ނަމަވެސް އިމަޖެންސީ ހާލަތުތަކުގައްޔާއި ބަލި ހާލަތު ހުރި ގޮތުން ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 97.69 ޕަސަންޓް މީހުން ވަނީ ވެކްސިންގެ ފުރަތަމ ޑޯޒް ޖަހާފައެވެ. އަދި 24.67 ޕަސަންޓް މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.