ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރި ނިޝާމާ މުހައްމަދާއި، ޝިޔާމާ މުހައްމަދު -- ފައިލް ފޮޓޯ

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމުން ނިޝާމާ މުހައްމަދާއި، ޝިޔާމާ މުހައްމަދު ވަކިކޮށްފިއެވެ.

ހެލްތުގެ ނައިބުކަމުން ވަކިކުރުމުގެ ކުރިން ދެ މީހުން ތިބީ ސަސްޕެންޝަންގަ އެވެ. އެއީ ވެންޓިލޭޓަރުގެ މައްސަލަޔާއި ގުޅިގެންނެވެ.

ވެންޓިލޭޓަރު މުއާލާތް ހިންގާފައިވަނީ ބިޑް ކޮމިޓީގެ ހުއްދައާއެކު އެވެ. އެކަމުގައި ބޮޑެތި ގޯސްތައް ހަދާފައިވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. އެއާއެކު އޭސީސީއިން ކުރި ތަހުގީގުން ވެސް ގޯސްތައް ފާހަގަވެ، ނާޖައިޒު ފައިދާ އެކަމުގައި ބަޔަކު ނަގަން އުޅުނުކަން ހާމަވިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ހެލްތު މިނިސްޓްރީގެ ތަހުގީގަށް ފަހު ނިޝާމާގެ މައްޗަށް ވެސް ދައުވާ ކުރަންފޮނުވިއެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ ދައުވާ ނުކުރަން ނިންމައިފަ އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ނިޝާމާއަކީ އެ ހިޔާނަތް ހިނގިއިރު ބިޑް ކޮމެޓީގެ އިިސްކޮށް ހުންނެވި ފަރާތެވެ. ނަމަވެސް ނިޝާމާ ވަނީ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އެ މައްސަލާގައި ނިޝާމާ ވިދާޅުވެފައިވަނީ މަސައްކަތް ކުރެއްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ. ވެންޓިލޭޓަރު ހޯދުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގާނޫނާ އެއްގޮތަށް ކަމަށެވެ. އެކަމުގައި ބިޑް ކޮމިޓީގެ ނިންމުންތައް ނިންމާފައި ވާނީ ލިބިފައިވާ ލިޔެކިއުންތަކާއި މައުލޫމާތުތަކުގެ މައްޗަށް ކަމަށާއި އަމަލު ކުރައްވާފައިވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.