އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު-- ފޮޓޯ: ސަން

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ފޯރުކޮށް ދިނުމަށް މިނިސްޓްރީ އޮފް ހެލްތާއި އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު 2 އޭޕްރިލް 2020 ގައި ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް އެ ކުންފުންޏަށް ޓާމިނޭޝަން ނޯޓިސް ފިޮނުވައިފިއެވެ.

މި ނޯޓިސް ފޮނުވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުބާއީ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމަންޓް ހަދާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި މުދާ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވީ ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދާ ފޯރު ކޮށްދީފައި ނުވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަޕްލަޔަރ މުދާ ފޯރުކޮށް ނުދީފިނަމަ އެއްބަސްވުން ބާތިލު ކުރެވޭނެކަން ބަޔާން ކޮށްފައި ވާ ކަމަށް އެ އެއްބަސްވުމުގައި ވެއެވެ.

އޭޖީން ބުނީ އެއްބަސްވުމުގައި ވާ ގޮތުން އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމަޔަށް މުދާ ފޯރުކޮށް ދީފައިނުވާ ނަމަ، އެ މުދާ ފޯރުކޮށް ދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ރައްދު ކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާއާއި ލިބުނު ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފިނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނަށް!

އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލުކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާނެ ތަނަކީ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގަ ކަމަށް ވާއިރު، އާބިޓްރޭޝަނުގައި އަމަލު ކުރާނީ ރާއްޖޭގެ ގާނޫނަށެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. އެއީ ހުރިހާކަމެއް ނިމުނީ ދޯ؟ މުއައްސަސާ ތައްގުޅިގެން ބޮޑެތި ވައްކަން ކޮށްފަ އެއްބަސް އުވުނީ އޭ ބުނީމަ އެ ނިމުނީ ގައުމެއް ފަނާވެ ނިމުނީ.

ކޮމެންޓް

Your email address will not be published.