ވިލިމާލެ ކުޑަކދުިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގާ، ބައެއް ތަކެއްޗަށް ގެއްލުން ވެފައި --ފޮޓޯ: އެމްއެންޑީއެފް

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:04 ހާއިރު، ވިލިމާލެ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފަޔާ އެންޑް ރެކްސިއު ޓީމަށް ލިބިފައިވާ ކަމަށާއި، މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ޓީމުން ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާގެ ކޮޓަރިއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވޭ ވަރުވީ މިއަދު ހެނދުނު 10:15 ހާއިރު ކަމަށާއި، އަދި މި ހާދިސާގައި އެތަނުގެ ބައެއް ތަކެއްޗަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެއިތުރުން އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅުން ހުރި އިތުރު ތަފްސީލެއް މިވަގުތަށް ހާމަ ކުރެވެން ނެތް ކަމަށް ޖެންޑާ މިނިސްޓްރީން ބުނާއިރު، އެމްއެންޑީއެފުން ބުނީ މި ހާދިސާ އިތުރަށް ބަލަމުން ދާނީ ފުލުހުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.