ލައިފް ސްޓައިލް
ހެނދުނުގެ ކަސްރަތުން ހަށިގަނޑަށް ފައިދާ ބޮޑު، ރޫޓިން ބަދަލުކުރާނީ ކިހިނެތް؟

ހެނދުނު ހޭލަންތަ؟ ނުހޭލެވޭ ދޯ؟ އެއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. ހެދުނު ހޭލައިގެން ކަސްރަތަށް ނުކުތުމަކީ ސިއްހީ ފައިދާ އިންތިހާއަށް ބޮޑު ކަމެކެވެ. ފަތިން ނަމާދަށްފަހު ކަސްރަތަށް ނުކުމެ، ކުޑަ ވަގުތު ކޮޅެއް ހޭދަކޮށްލި ނަމަވެސް، އެ ލިބޭނެ ފައިދާ ބޮޑު ވާނެއެވެ. ތަފާތު ސިއްހީ މަޖައްލާތަކުގައި ވާގޮތުން ހެނދުނު ކަސްރަތާއެކު މީހާގެ މުޅި ދުވަސް އުޖާލާވާނެއެވެ. އޭގެ އިތުރުން ހެނދުނު ކަސްރަތުން: 

  • ދުޅަހެޔޮ ކާނާ ކެއުމަށް ހިތްވަރު ލިބޭ
  • މުޅި ދުވަހު ހަކަތަ އިތުރުކޮށްލާ
  • ފޯކަސް ރަނގަޅުކޮށްލައި، މީހާގެ މުޅި ދުވަހުގެ މޫޑް ރަނގަޅުވާނެ
  • ހަކުރުބަލީގެ ނުރައްކާ ކުޑަވޭ
  • ރަނގަޅަށް ނިދުމަށް އެހީތެރިވެދޭ

ރޫޓިން ބަދަލުކުރާނެ ގޮތް

ހެނދުނު ކަސްރަތު ކުރަން ފަށަން ބޭނުންނަމަ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައެއް ބަދަލުތައް ގެންނަން ޖެހިދާނެއެވެ. އެންމެފުރަތަމަ ކަމަކަށް ނިދުމާއި ރަނގަޅު ނާސްތާއެއް ނެގުމަކީ މުހިންމު ދެ ބައެކެވެ. ޔޫރަޕިއަން ޖާނަލް އޮފް ސޯޝަލް ސައިކޮލޮޖީގެ އެއް ދިރާސާއަކުން ދައްކާ ގޮތުގައި އާދައެއް ގާއިމް ކުރުމަށް އެވްރެޖްކޮށް 66 ދުވަސް ނަގާނެއެވެ. ތިމާގެ ރޫޓިން ބަދަލުކުރަން ދުވަސް ނަގާނެކަން ގަބޫލުކޮށް، ކަންތައްތަކެއް ފެށުމަކީ މުހިއްމު ކަމެކެވެ. ބައެއް ދުވަސް ދުވަހު އެނދުން ތެދުވާން އުނދަގޫވެއްޖެނަމަ، ހިތްވަރު ގެއްލިގެން ނުދާށެވެ. އެއީ ރޫޓިން ބަދަލުކުރަން ވަގުތު ނަގާނެއެވެ.

ރޫޓިން ބަދަލުކުރަން، ހަފްތާއަކު އެއް ދުވަހު ނުވަތަ ދެދުވަހު އެއެއް ކަމެއް ކުރަން ފެށުން މުހިއްމެވެ. ދެން މަޑުމަޑުން އެކަން ހަރުލައްވަން މަސައްކަތް ކުރުމަކީ މުހިއްމު ކަމެވެ. ހެނދުނު ކަސްރަތަށް މާ ބުރަކޮށް، ވޯކްއައުޓްތަކެއް ކުރުން މުހިއްމެއް ނޫނެވެ. ބްލޮކް ވަށައިގެން ހިނގާލަން ދިއުންވެސް ރަނގަޅެވެ. ޝަވަރު ހޫނުވަމުން ދަނިކޮށް، 10 ޖަމްޕިން ޖެކް ހެދުން، ޕްލާންކެއްގައި 30 ސިކުންތު ވަންދެން ހިފަހައްޓައިލުންވެސް އެއީ ހަމަ ފެށުމަކަށް ކުރެވިދާނެ ކަންތަކެވެ.

2
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top