mariya
އެމްއެންޑީއެފްގެ އިވެންޓެއްގެ ތެރެއިން -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ދިވެހި ސިފައިން އެއްބާރުލުން ދިނުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އެދިވަޑައިގެންފިއެވެ.

ބައިނަލްއަގްވާމީގޮތުން ފާހަގަކުރި މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން މިނިސްޓަރ މާރިޔާ ވިދާޅުވީ  މަސައްކަތްތެރިންގެ ދުވަހަކީ، ދުނިޔޭގެ މުޖްތަމައުތައް ބިނާކުރުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ މުރާލި މަސައްކަތްތެރިންގެ އަގުވަޒަންކޮށް، އެމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، ކަށަވަރުކޮށްދޭން ބާރުއަޅާ ދުވަސްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިއަދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ޙައްޤުތައް ދަނީ، އެކި ސިފަސިފައިގައި، ނިގުޅައިގަނެވެމުން ކަމަށެވެ. އެގޮތުން ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ އެކަމަށް ހުޅުވިފައިވާ އެއް ދޮރެއް ކަމަށާއި އިންސާނީ ވަގުފާރިއަކީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި ގޮންޖެހުމާއި ކުރިމަތިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބަރުލުން ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ،

އިންސާނީ ވަގުފާރިއާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ވިލަރެސްކުރުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން، އަޅުގަނޑުގެ އުންމީދަކީ، އެމްއެންޑީއެފްގެ ހަރުދަނާ ލީޑަރޝިޕުގެ އިރުޝާދުގެ ދަށުން، ދިވެހި ޤައުމީ ދިފާޢީ ބާރުގެ ސިފައިން، މިގޮންޖެހުމާ ކުރިމަތިލުމުގައި މިހާރެކޭ އެއްފަދައިން، ކަމާބެހޭ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދެމުން ގެންދިޔުން

މީގެ އިތުރުން އިއްޔެ ފާހަގަކުރި ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، ރާއްޖޭގެ އެންމެހާ ނޫސްވެރިންނަށް މިނިސްޓަރ ވަނީ ފޮނުއްވާފައެވެ.

އެމްއެންޑީއެފްގެ މީޑިޔާ އެންޑް ޕަބްލިޝިންގ ސަރވިސް (އެމްޕީއެސް)ގެ ކުޑަ އެހެނަސް ވަރަށް ހީވާގި ޓީމުން، ކޮންމެ ހަފްތާއަކު، އައްޑަނަ މަޖައްލާ ނެރުމަށް ކުރާ ބުރަ މަސައްކަތް ފާހަގަކޮށް، އެކަމަށްޓަކައި އެމްޕީއެސްގެ ޓީމަށް ވަނީ ޝުކުރުދަންނަވާފައެވެ.

ދިވެހި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި، ސިފައިން އަވަދިނެތި ކުރާ ބުރަ މަސައްކަތާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ވީހާވެސް ތާޒާކަމާއެކު ފޯރުކޮށްދޭން އެމްއެންޑީއެފުންވަނީ ދާދިފަހުން އާ ވެބްސައިޓެއް ލޯންޗުކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ މިއީ، ރައްޔިތުންގެ ފުރިހަމަ އިޙްތިރާމާއި އިތުބާރު ލިބިފައިވާ، ޒަމާނީ، ޤާބިލް އަދި ޕްރޮފެޝަނަލް ބާރަކަށް އެމްއެންޑީއެފް ހެދުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.  އަދި މިވެބްސައިޓު ރައްޔިތުން ވަރަށް ފުރިހަމައަށް ބަލައިގަނެފައިވާކަމީ  ލިބޭ ވަރަށް ބޮޑު ހިތްވަރަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.