ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުން 4 ވަނަ އިން ޖާގަ ހޯދާފައިވާ ބިލް ގޭޓްސް ވަރިވެއްޖެ އެވެ.

ބިލް ގޭޓްސް ކައިވެންޏަށް 27 އަހަރަށްފަހު، މެލިންޑާއާ ވަރިވިކަން ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ. އެކަން ހާމަކޮށް ބިލް ގޭޓްސް ބުނެފައިވަނީ މެލިންޑާ އާއި ދެމީހުންވެސް ކައިވެނި ދެމެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރިކަމަށެވެ. އަދި ވަރިވުމަށް ނިންމި ނިންމުމަކީ ވަރަށް ވިސްނުމަށްފަހު ނިންމި ނިންމުމެއްކަމަށް ބުނެފައިވެއެވެ.

ދެ މީހުންގެ ކައިވެންޏަށް 3 ދަރިން ލިބިފައިވެއެވެ.

ބިލް ގޭޓްސް މުސްހަނދިކަން ފެށުނީ 1970 ވަނަ އަހަރު ސޮފްޓްވެއާ ކުންފުނި މައިކްރޮސްފްޓުންނެވެ. މެލިންޑާ އާ ބިލް ބައްދަލުވެފައިވަނީ 1987 ގައި މެލިންޑާ މައިކްރޮސްފްޓާއި ގުޅި ޕްރޮޑަކްޓް މެނޭޖަރެއްގެ މަޤާމް އަދާކުރަމުންދަނިކޮށެވެ. ކައިވެނީގެ ގޮތުން ދެމީހުން ގުޅިފައިވަނީ 1994 ވަނަ އަހަރު އަދި މިކައިވެނި ބާއްވާފައިވަނީ ހަވާއީގެ ރަށެއްގައެވެ.

ވަރިވިކަން ބިލް ގޭޓްސް ހާމަކުރުމާއެކު އެ ގުޅުމުގެ ތެރެއިން އުފަންވި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނަށް ވެދާނެ ގޮތަކާއިމެދު ސުވާލު އުފައްދި ފަރާތްތަކަށް އޭނާ ދިން ޖަވާބަކީ ވަރިވިކަމަކު ފަންޑޭޝަންގެ މަސައްކަތުގައި އެކުގައި އުޅޭނެކަމަށެވެ. މި ފައުންޑޭޝަން ވެފައިވަނީ އެތަކެއް ބަޔަކަށް އެހީ ފޯރުކޮށްދޭ ފައުންޑޭޝަނަކަށެވެ. އެގޮތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށާއި, ތައުލީމް ހާސިލްކުރުމާއި އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައްސަލަތަކަށް ގިނަ މަސައްކަތްތަކެއްކޮށް، ފައުންޑޭޝަނުން ގިނަ ހަރަދުތަކެއްކޮށްފައިވެއެވެ. ފައުންޑޭޝަންގެ ތެރެއިން ވަނީ ގައިންގަޔަށް އަރާ ބަލިތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުޑަކުދިން ވެކްސިނޭޓްކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފަ އެވެ.

2000 ވަނަ އަހަރު އެކުލަވާލެވުނު ބިލް އެންޑް މެލިންޑާ ގޭޓްސް ފައުޑޭޝަނުން ކޮވިޑް-19 ގެ ޕެންޑެމިކް ތެރޭގައި ވެކްސިން އާ ގުޅޭ ދިރާސާތައް ކުރުމަށް 1.75 ބިލިއަން އެމެރިކަން ޑޮލަރު ހަދިޔާކޮށްފައިވެއެވެ.

މެލިންޑާގެ މަސައްކަތަށް ބަލާއިރު ބިލް އެންޑް މެލިންޑާ ގޭޓްސްގެ ފައުންޑޭޝަންގެ އިތުރުން މެލިންޑާ ވަނީ އަންހެނުންނަށް މަސައްކަތުގެ ދާއިރާއިން ހަމަހަމަ ފުރުސަތުތައް ހޯދަދިނުމަށް އަމާޒުކޮށް ޕައިވޮޓަލް ވެންޗާސްގެ ނަމުގައި 2015 ވަނަ އަހަރު އިންވެސްޓްމެންޓް ކުންފުއްޔެއް ހުޅުވާފައެވެ.

ބިލް ގޭޓްސްގެ މިލްކިއްޔާތުގައި 124 ބިލިއަން ޑޮލަރު ހުރިކަމަށް ލަފާކުރެވޭއިރު އޭނާ ވަނީ މިދިޔައަހަރު މައިކްރޮސްފްޓްގެ ބޯޑުން އިސްތިއުފާދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.