ނައިބު ރައީސް ފައިސަލް ނަސީމް މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަންގެ މެންބަރުންނާއި ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވުނު ބައްދަލުވުމުގައި މުހިންމު ގިނަ ކަންތައްތަކާ ގުޅިގެން ދެ ފަރާތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިގޮތުން ރާއްޖޭގެ ކަށީގެ ބަލިތަކާ ގުޅޭ ތަފާސް ހިސާބު ހިމެނޭ ޕްރެޒެންޓޭޝަނެއް އޯތޮޕީޑިކް އެސޯސިއޭޝަންއިން ވަނީ ހުށަހަޅާފައެވެ. ކަށީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު ގިނަކަމަން ފާހަގަކޮށް، އެކަށީގެންވާ ފަރުވާ ދިނުމަށް ބޭނުންވާ މިންވަރަށް ކަށީގެ ޑޮކްޓަރުން ނެތްކަމަށްވެސް އެ އެސޯސިއޭޝަންގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ޑޮކްޓަރުން މި ދާއިރާއިން ތަމްރީންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެސޯސިއޭޝަންގެ މެންބަރުން ވަނީ ގައުމީ ޔުނިވާރސިޓީއާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ނައިބު ރައީސްއަށް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ އެސޯސިއޭޝަން އިން އިސްނަގައިގެން މި ދާއިރާ ފުޅާ ކުރުމަށް ގައުމީ ރޫހެއްގައި މަސައްކަތްކުރާތީ އުފާކުރާކަމަށާއި، ސަރުކާރުގެވެސް އަމާޒަކީ ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން މީހުން ބިނާކުރުން ކަމަށް ވިދާޅުވެފައެވެ. އަދި ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވާނޭ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.