ކޮވިޝީލް ވެކްސިން
ކޮވިޝީލް ވެކްސިންގެ ވައިލްއެއް ؛ ރާއްޖޭގައި ވެކްސިންގެ ސްޓޮކް ދަށްވެފައި ވާ ކަމަށް އެއްބަސްވެއްޖެ

ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު ދަށްވެފައިވާކަމަށް ސަރުކާރުން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ އެވެ.

ވެކްސިންގެ އަދަދު މަދުވެފައިވާކަމަށް އެއްބަސްވެފައި ވަނީ، މިރޭ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަަރ (އެޗްއީއޯސީ) އިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ. މަބްރޫކް އެގޮތަށް އެއްބަސްވީ ތަކުރާރުކޮށް ނޫސްވެރިން ކުރިމަތިކުރި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އޭނާ ވިދާޅުވީ، ވެކްސިންގެ ސްޓޮކް ދަށްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް މީގެކުރިން ބުނެފައި ވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ރަސްމީ ހައިސިއްޔަތަކުން އެ މައުލޫމާތު ހިއްސާ ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

3 މެއި 2021 - ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައީސް އޮފީސް

ވެކްސިންގެ ސްޓޮކް ހުރި މިންވަރާ ބެހޭގޮތުން އެކި ދުވަސްމަތިން ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ސްޓޮކް ހުރި މިންވަރާ ބެހޭ އެކަށީގެން ވާ ޖަވާބެއް ނުލިބެއެވެ. ވެކްސިންގެ ސްޓޮކާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލު ކުރަމުން ދަނީ، ވެކްސިން ދިނުން ކޮންޓްރޯލް ކޮށްފައި ވާތީއެވެ.

ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ އެންމެ ދެ ސެންޓަރުގައެވެ. އެ ދެ ސެންޓަރުން ވެސް ކޮންމެ ރެއަކު ޓޯކަން ދޫކުރުމުން ދަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެހެންކަމުން ވެކްސިން ޖެހުމަށް 5 ގަޑިއިރު ކުރިން ގޮސް ކިއޫ ހަދައިގެން ތިބެ، ރޯދަ ވީއްލަނީ ވެސް މަގުމަތީ ކިއޫގައި ތިބެގެން ކަން ފާހަގަ ކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.