ކުޅުދުއްފުށީގައި ހުންނަ އޮކްސިޖަން ޕްލާންޓް -- ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް މިވަގުތު ބޭނުންވާ މިންވަރަށް ކޮވިޑްގެ ޓެސްޓް ކިޓް އަދި އޮކްސިޖަން އެބަހުރިކަމަށް ސަރުކާރުން ބުނެފި އެވެ.

އެ ޔަޤީންކަން ސަރުކާރުން ދިނީ ކޮވިޑްގެ ކޭސްތައް އިތުރުވެ، ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން  އަޅަން ނިންމި ފިޔަވަޅުތައް އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް އެވެ. އެގޮތުން މަބްރޫކް ވިދާޅުވީ ކޭސްތައް އިތުރުވެ، މިހާރު ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ އަދަދުތައްވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާކަމަށެވެ. ނަމަވެސް ރާއްޖޭގެ މިވަގުތުގެ ހާލަތަށް ބޭނުންވާ މިންވަރަށް އޮކްސިޖަން ސިލިންޑަރާ ޓެސްޓް ކިޓު އެބަ ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި 20،000 ޓެސްޓް ކިޓު އެބަހުރި. އަދި ިތުރު 80،000 ޓެސްޓް ކިޓަށް އޯޑަރު ކޮށްފައިވާނެ.

އަވަށްޓެރި އިންޑިއާގައި އޮކްސިޖަން ނުލިބި އެތަކެއް ބަޔަކު މަރުވަމުންދާއިރު، ރާއްޖެ އެފަދަ ހާލަތަށް ތައްޔާރުވެފައިވާ މިންވަރާއި ގުޅޭގޮތުން ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އޮކްސިޖަން ސިލިންޑަރުގެ އިތުރުން، ފިލިންގް ސްޓޭޝަން ރާއްޖޭގައި އެބަހުރިކަމަށެވެ. އެހެންކަމުން އޮކްސިޖަން ބޭނުންވާ މިންވަރަށް ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

މިވަގުތު ރާއްޖޭގައި އޮކްސިޖަން ސިލިންޑަރު ވާވަރަށް އެބަހުރި. 2960 ސިލިންޑަރު މިވަގުތު ރާއްޖޭގައި އެބަހުރި. އަދި އޮކްސިޖަން ފިލިންގް ސްޓޭޝަން ރާއްޖޭގައި ހުރުމުން ބޭނުންވާވަރަކުން އޮކިސަޖްން ލިބެން އެބަހުރި.

ތަކެތި ހުރިނަމަވެސް މަބްރޫކްވެސް ކަންބޮޑުވުމާއެކު ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރެއްވީ ރާއްޖޭގައި އެކަށޭނެ މިންވަރަށް އިންސާނީ ވަސީލަތް ނެތްކަމަށެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންގެ އަދަދު މަދުކަމީ ކަންބޮޑުވާކަމެއްކަން ފާހަގަކޮށް މަބްރޫކް ވަނީ އެއްބަޔަކު ހުރިހާ ކަމެއްގައި އުޅެންޖެހުމުން ކަންކަން ލަސްވާނެކަމާއި، އެ ހިދުމަތްތެރިންވެސް ވަރުބަލިވާނެކަން ހަނދާނަށް ގެންނަންޖެހޭކަމަށެވެ.

މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓުގައިވެސް %50 ކެޕޭސިޓީއާ ހަމަޔަށް ބަލި މީހުން އެދުމަތިކޮށްފައިވާކަމަށެވެ. ނަމަވެސް ކެޕޭސިޓީ އިތުރު ކުރަން ބެލިކަމުގައިވިޔަސް ނަރުހުންނާއި ޑޮކްޓަރުން ނެތުމުން އެކަންކުރުމަށް ހުރަސްތައް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. މަބްރޫކް ވިދާޅުވިގޮތުގައި މިވަގުތުވެސް ގިނަ ޑޮކްޓަރުންނާއި ނަރުހުން މަސައްކަތް ކުރަމުންދަނީ އިތުރު ގަޑިއާއެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.