ސްޕެނިޝް ލަލީގާގެ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ރެއާލް މެޑްރިޑް މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެއްޖެއެވެ. 

ސީޒަނުގެ ފުރަތަމަ މެޗުގައި ރެއާލް ނުކުމެފައިވަނީ ރެއާލް ސޮސިއެެޑާޑާ ދެކޮޅަށެވެ. ސޮސިއެޑާޑާ ދެކޮޅަށް ރެއާލް ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. ރެއާލްއިން ސީޒަން ފަށާފައިވަނީ އެއް ހަފްތާ ފަހުންނެވެ. އެއީ ޗެމްޕިއަންސް ލީގުގައި އެޓީމު ނޮކްއައުޓް ބުރުގައި ކުޅެފައިވާތީއެވެ. 

މި މެޗުގައި ސޮސިއެޑާޑާ އަލަށް ގުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ ކުޅެފައިވެއެވެ. އެހެން ނަމަވެސް އޭނާއަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްދެވިފައެއް ނުވެއެވެ. ރެއާލްއިން މެޗުގައި އުފެއްދި ގިނަ ހަމަލާތަކުގެ ހުރަހަކަށް ވެގެންދިޔައީ ސޮސިއެޑާޑްގެ ކީޕަރު އެލެކްސް ރެމީރޯއެވެ. 
އަލަަށް ޕްރޮމޯޓްވި ކާޑިޒް އިން ވަނީ 2-0 އިން ހުއެސްކާ ބަލިކޮށްފައެވެ. ގްރަނަޑާއިން 2-1 އިން އަލަވޭޭސް ބަލިކުރިއިރު ރެއާލް ބެޓިސްއިން ވަނީ 2-0 އިން އަމިއްލަ ދަނޑުގައި ރެއާލް ވަލަޑޮލިޑް ބަލިކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *