ފިތުރު ޒަކާތް، އުރީދޫ މޯބައިލް ޕޭ އެޕްލިކޭޝަން، އެމް-ފައިސާ މެދުވެރިކޮށް ދައްކޭނެކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ އެމް-ފައިސާ ކަސްޓަމަރުންނަށް ލިބިގެންދިޔަ މި ފަސޭހައާއެކު ކޮވިޑްގެ ސަބަބުން ގައިދުރުކަމާއި، ގިނަ ބަޔަކު އެއްތަނަކަށް އެއްނުވުމަށް އަނގާފައިވާ ދަންޑިވަޅެއްގައި ދިގު ކިޔޫތަކުގައި ގިނަވަގުތުތަކެއް ހޭދަކުރާކަށް ދެން ނުޖެހޭނެ އެވެ.

އުރީދޫން ބުނިގޮތުގައި އެމް-ފައިސާއިން ފިތުރު ޒަކާތް ދައްކާލުމަށް ކުރަންޖެހޭނީ އެންމެ ފަސްކަމެކެވެ.

އުރީދޫ އެޕްލިކޭސްން މެދުވެރިކޮށް ފިތުރުޒަކާތް ދެއްކުމަށްޓަކައި:
  1. އެމް-ފައިސާއަށް އުރީދޫ އެޕްލިކޭޝަން ލޮގިންވެލުމަށްފަަހު،
  2. ފިތުރު ޒަކާތް ދެއްކުމުގެ އޮޕްޝަން ހިޔާރުކުރައްވާނީ،
  3. ފިތުރު ޒަކާތް ދައްކަވާ ފަރާތުގެ މައުލޫމާތު ފުރިހަމަ ކުރައްވާނީ ތިން ވަނައަށް،
  4. ފިތުރު ޒަކާތް ދެއްކުމަށް ހިޔާރު ކުރައްވާ ބާވަތާއި ދައްކަވާ އަދަދު ޖައްސަވާނީ؛
  5. އޯ.ޓީ.ޕީ ޖެއްސެވުމަށްފަހު ޕޭމެންޓް ގަބޫލްކުރެއްވުމުން ފިތުރުޒަކާތް ދައްކާލެވުނީ.

މީގެއިތުރުން އުރީދޫގެ އެމް-ފައިސާ ބޭނުންކުރައްވާ ކަސްޓަމަރުންނަށް މިހާރު އެ ކަސްޓަމަރެއްގެ ބޭންކް އޮފް މޯލްޑިވްސް، ބޭންކް އޮފް އިންޑިއާ، ނުވަތަ އިސްލާމިކް ބޭންކްގެ ޑިގިޓަލް ވޮލެޓްތަކަށް ކޭޝްއިން ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ފިތުރު ޒަކާތުގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް ތަފާތު އެކި ފައުންޑޭޝަންތަކަށް އެހީ ފޯރުކޯށްދެވޭނެކަމަށްވެސް އުރީދޫން ބުންޏެވެ. އެގޮތުން، ރާއްޖޭގެ ކެންސަރ ސޮސައިޓީއާއި، މޯލްޑިވްސް ޑެފް އެސޯސިއޭޝަނާއި، ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާއަށް އެމް-ފައިސާ މެދުވެރިކޮށް އެހީތެެރިކަން ފޯރުކޮށްދެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.