އެމްޓީސީސީ ހެޑް އޮފީސް -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) ގެ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00 ޖަހާ އިރު ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ 04 މެއި 2021 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ، އޮންލައިނކޮށް ބޭއްވިގެންދާ އެ މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތްތަކުން 14 މެއި 2021 ވަނަ ދުވަހުގެ ހަވީރު 16:00ގެ ކުރިން ރަޖިސްޓަރީވާން ޖެހޭނެ ކަމަށެވެ.

އެމްޓީސީސީގެ އިންފިިނިޓީ ޕޯޓަލް މެދުވެރިކޮށް ނުވަތަ ރަޖިސްޓްރީވާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލް ކޮށްގެން ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.