އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތައް ލިވަޕޫލް އަދި ޓޮޓެންހަމްއިން ކާމިޔާބުކޮށްފިއެވެ. 

ޓޮޓެންހަމްއިން ވަނީ ސައުތުހެމްޕްޓަންގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި ޑެނީ އިންގްސް ސައުތުހެމްޕްޓަންއަށް ޖެހިއިރު އޭގެ ފަހުން ޓޮޓެންހަމްއިން ހަތަރު ލަނޑު ޖެހިއެވެ. އެ ހަތަރު ލަނޑު ވެސް އެޓީމަށް ޖަހައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންއެވެ. ޓޮޓެންހަމްގެ ފަސް ވަނަ ލަނޑު 82 ވަނަ މިނެޓުގައި ހެރީ ކޭން ޖަހައިދިންއިރު ސައުތުހެމްޕްޓަންގެ ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން އިތުރު ވަގުތުގެ ތެރޭގައި ވެސް ޖަހައިދިނީ އިންގްސްއެވެ. 

ލިވަޕޫލްއިން ވަނީ 2-0 ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްފައެވެ. ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީގެ އަންދްރެއަސް ކްރިސްޓެންސަންއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ދެވަނަ ހާފާއި ޗެލްސީއިން 10 ކުޅުންތެރިންނާއެކު ކުރިމަތިލިއިރު 50 ވަނަ މިނެޓުގައި ސަދިއޯ މާނޭ ވަނީ ލަނޑެއް ޖަހާ ލިވަޕޫލްއަށް ލީޑު ނަގައިދީފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ލިވަޕޫލްގެ ދެވަނަ ލަނޑު ވެސް އެޓީމަށް ޖަހައިދިނީ މާނޭއެވެ. މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލާއި އަލަށް ގުޅުނު ތިއާގޯ ވަނީ ކުޅެން ނުކުމެ މޮޅު ކުޅުމެއް ދައްކާފައެވެ. 

ލެސްޓާ ސިޓީއިން ވަނީ 4-2 އިން  ބާންލީ ބަލިކޮށްފައެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ބްރައިޓަން އަތުން ބަލިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *