އީދަށް ދަތުރު ދާން ބޭނުންތަ؟ އަވަހަށް ބުކް ކޮށްލާ!

ކޯބިއާ ޓުއާސްގެ ދޯނި

ނިމިދިޔަ 2020 ވަނަ އަހަރުގެ ރޯދަމަހާއި އީދު ވެސް ފާހަގަ ކުރީ ގޭގައި ތިބެއެވެ. މިއަހަރު ވެސް މިޖެހުނީ އެކަހަލަ ކަމަކާއެވެ. ވެކްސިނާއެކު ލުއިތައް ދިން ނަމަވެސް ހާލަތު ގޯސް ވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަ ކުރީއެވެ. އީދަށް ރަށަށް ދާން ފޮށި ތަންމަތި ބަނދެގެން ތިއްބާ، އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއެކު ރަށަށް ދާން ނެގި ޓިކެޓުވެސް ޖެހުނީ ކެންސަލް ކުރާށެވެ. އެހެނަސް، މާލޭގައި ތިބެ ވެސް އާއިލާއާއެކު އީދު ފާހަގަ ކުރެވޭނެ ގޮތްތައް އެބަ ހުއްޓެވެ. އޭގެއިން އެއް ގޮތަކީ ދަތުރު ދިއުމެވެ.

ކޯބިއާ ޓުއާސް އިން އެ ފަހިކޮށް ދެނީ ފުރުސަތެވެ. ކައިރި ފިނޮޅުތަކަށް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތެވެ. މަސް ދަތުރު ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތެވެ. ސްނޯކެލިން އަށް ދާން ބޭނުން ވާ ފަރާތްތަކަށް އެ ފުރުސަތެވެ. ސަޅި ތަންކޮޅަކީ ކޯބިއާ ޓުއާސްއާއެކު ދަތުރު ދާން ބޭނުން ނަމަ އީދު ޖެހެންދެން މަޑު ކުރަން ނުޖެހުމެވެ. މި ރަމަޟާން މަހު ވެސް ކޯބިއާ ޓުއާސްގެ ދަތުރުތައް އޮންނާނެއެވެ.

ތަފާތު ހަރަކާތްތަކާއެކު، ކޯބިއާ ޓުއާސް އިން ދަތުރުތައް ކޮށްދެނީ 50 ފޫޓުގެ ބޮޑު ދޯންޏެއްގައެވެ. މި ހަރަކާތްތަކާ ބެހޭގޮތުން ދޯނީގެ ވެރިފަރާތުން ޖަޒީރާއަށް މައުލޫމާތު ދެމުން ބުނީ، މަސްދަތުރުތަކާއި ޕިކްނިކް ދަތުރުތައް ރާވާއިރު، ކުޑަކުދިން ގޮވައިގެން ދެވޭނެ އިންތިޒާމްތައް ވެސް ދޯނިން ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެގޮތުން، ކުޑަކުދިން ގޮވައިގެން ދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވެސް ދޯނީގައި ހުންނާނެކަން އޭނާ ފާހަގަ ކުރެއެވެ.

ކޯބިއާ ޓުއާސްއިން ކޮށްފައި ވާ އިންސްޓަގްރާމް ޕޯސްޓެއް ؛ މަސް ދަތުރު

15 މީހުންނާއި 20 މީހުންގެ ޖާގައިގެ މި ދޯނީގައި ބާބަކިއު ހެދުމާއި، ސްނޯކެލިން އަށް ދިއުމާއި، މަސް ދަތުރު ނުވަތަ ޕިކްނިކް ދަތުރަށް ދޯނި ކުއްޔަށް ދޫކުރުމުގެ ހިދުމަތް ވެސް ދެއެވެ. ކޯބިއާ ޓުއާސްގެ ދޯނި 3500 ރުފިޔާއާ 6000 ދެމެދުގެ އަގުތަކުގައި ކުއްޔަށް ހިފޭނެއެވެ.

ރޯދަ މަހު ވެސް ކޯބިއާ ޓުއާސް އިން މި ހިދުމަތް ދެމުން ދާއިރު، އާންމުކޮށް ދަތުރު ފުރާނީ ހަވީރު 3:00 ގައެވެ. އަދި އަނބުރާ ލަފާނީި މެންދަމު 12:00 ގައެވެ. ރޯދަ މަހު ތަފާތު އިފްތާރު ޕެކޭޖުތައް ދޯނިން ލިބެން ހުންނައިރު، މަސް ދަތުރު ދާ މީހުންނަށް ގޮސް މަސް ބާނައިގެން ބާބަކިއު ކޮށްގެން ކެއުމުގެ ފުރުސަތު ވެސް އޮވެއެވެ.

ކޯބިއާ ޓުއާސް އިން ކޮށްފައި ވާ އިންސްޓަގްރާމް ޕޯސްޓެއް ؛ ފިނޮޅު ދަތުރު

ކޮވިޑާއެކު ރަށު ބަންދުވެ ތިބުމަށްފަހު ދިވެހިންގެ ތެރޭގައި އެންމެ ވައިގައި ހިފާފައި ވާ އެއް ކަމަކީ މަސް ދަތުރު ދިއުމާއި ކައިރި ފިނޮޅުތަކަށް ޕިކްނިކް ދިއުން ކަމަށް ވާއިރު، މިފަހަރު އީދަށް ދަތުރު ދިއުމުގެ ނަސީބު ލިބޭ މީހަކީ ތިމާ ކަމަށް ވާން ބޭނުން ނަމަ އަވަހަށް ބުކް ކޮށްލާށެވެ. ކޯބިއާ ޓުއާސް އިން އާންމުކޮށް ދަތުރު ގޮސް އުޅެނީ އާއިލާތަކެވެ. ކޮވިޑްގެ މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، އާއިލީ ގުޅުން ބަދަހި ކޮށްލަން ދަތުރެއް ދިއުމަކީ ހަމަ ސަޅި ކަމެއް ތާއެވެ.

0
1
0
0
1

ކޮމެންޓް

Your email address will not be published.

0 %