ފްލެޓްތަކުގެ ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފު ނުކުރެވޭނެތީ، ގޮޅިތަކަށް ކުނި ނޭޅުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިގޮތަށް މާލޭ ސިޓީ ކައުންސިލުން އެންގީ އެ އިދާރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒިފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއިގުޅިގެން ދަތިތަކާ ކުރިމަތިލަމުންދާތީއެވެ. މިގޮތުން، އެ އިދާރާގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒިފުންވެސް ކަރަންޓީނު ކުރެވިފައިވާތީ ބިދޭސީ މުވައްޒިފުން ކުރާ ހުރިހާ މަސައްކަތެއް މުޅިން ހުއްޓިފައިވާކަމަށް އެ އިދާރާއިން އަންގައެވެ.

އެހެންކަމުން، ފްލެޓްތަކުގެ ކުނިއަޅާ ގޮޅިތަކަށާއި، ގޯތިތެރެއަށާއި ފުރާޅުތަކަށް ކުނިއަޅާ ނުހެދުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ. އަދި ވެމްކޯ ގައި ރަޖިސްޓްރީނުވާ ފަރާތްތައް ރަޖިސްޓްރީވުމަށް ކުރިންވެސް އެންގިފައިވާނޭ ކަމަށާއި، އެކަން ކުރުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ފްލެޓްތަކުގެ ކުނިއަޅާ ގޮޅިތަކަށް ކުނިއެޅުމުގެ މައްސަލަ ކުރިންވެސް ވަނީ ޖެހިފައެވެ. މިގޮތުން، ފްލެޓްތަކުގައި ދިރިނޫޅޭ މީހުންވެސް އެތަންތަނަށް ކުނި އަޅައި، ގޮނޑަކަށް ހަދާ މައްސަލަ ޖެހިފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.