ވެކްސިން ޖަހާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ފޮޓޯ: ރައީސް އޮފީސް

މިރޭ ކޮވިޝިލްޑް ވެކްސިން ޖަހާނީ، ފެބްރުއަރީ މަސް ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެކަނި ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ، މިކަން ކުރަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހިތާ 12 ހަފްތާ ހަމަވެފައިވާ ނުވަތަ ހަމަވާން ކައިރިވެފައިވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ކިއު ނަންބަރު ދޫކުރުމުގައި ވެކްސިން ކާޑާށް ބަލާނެ ކަމަށް ވެސް އެޗްއީއޯސީން ބުނެއެވެ.

ކޮވިޝިލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ ސޯޝަލް ސެންޓަރުގައާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުގައި އެކަނިއެވެ. ވެކްސިން ކިއު ނަންބަރު ދޫކުރަން ފަށަނީ ރޭގަނޑު 9:00ގައެވެ. ކިއު ނަންބަރު ލިބެނީ ފުރަތަމަ އެތަނަށް ދާ މީހުންނަށެވެ.

އެޗްއީއޯސީން އިތުރަށް ބުނީ، ވެކްސިން ޖެހުމުގެ އިންތިޒާމްތަކަށ ގެނައި ބަދަލަކީ ކިއު ބޮޑުވުމާއި އަދި 12 ހަފްތާ ވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ. ހަމައެއާއެކު 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އެޗްއީއޯސީން ވަނީ އަރުވާފައެވެ.

މިރޭ ކޮވިޝިލްޑް ވެކްސިން ޖަހައިދޭނީ ވަކި ބަޔަކަށްކަން ކަނޑައަޅާފައި ވާއިރު، ވެކްސިން ޖަހަން ގޮސް ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެތައް އިރެއް ވަންދެން ވެކްސިން ސެންޓަރުތަކުގެ ބޭރުގައި ކިއޫގައި ތިބޭކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން، ރޭގަނޑު 9:00 ގައި ނަންބަރު ދޫކުރާ އިރު، ހަވީރު 5:00 ގައި ވެސް ވެކްސިން ސެންޓަރުތަކުގެ ބޭރުގައި މީހުން ކިއޫ ހަދައިގެން ތިބެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.