ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 90 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވިއިރު އެންމެ ދުސްވީ މީީހާއެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދޭ ގޮތުގައި، އޭނާ މަރުވީ ރޭ ދަންވަރު 1:25 ގައެވެ. މިއާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު 34 އަކަށް އެރީއެވެ.

މި ބަލީގެ އެންމެ ރިސްކް ބޮޑު މީހުންނަކީ ދުވަސްވީ މީހުންނެވެ. މީގެކުރިން ވެސް ރާއްޖެއިން އެންމެ ގިނައިން މަރުވެފައިވަނީ ދުވަސްވީ މީހުންނެވެ. އޭގެއިތުރުން ދެން އެންމެ ގިނައިން މަރުވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ.

ރާއްޖޭގައި ކޮވިޑް ފެތުރުން އަދި ވެސް ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ. ބަލީ ފެތުރޭ މިންވަރު އިތުރުވާތީ އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.