އިންޑިއާ އަދި އޮސްޓްރޭލިއާ ބައްދަލުކުރި މެޗެއްގެ ތެރެއިން - ފޮޓޯ: ޓުވިޓަރ

ކަންބޮޑުވާ ދަރަޖައަށް ހަލުވިކަމާއެކު ކޮވިޑް-19 އިންޑިއާގައި ފެތުރުން ހުއްޓުވައި، އެ ބަލިން އެގައުމު ސަލާމަތް ކުރުމަށް ކްރިކެޓް އޮސްޓްރޭލިއާ އާއި ޔުނިސެފް ގުޅިގެން އެހީވެއްޖެއެވެ.

ކްރިކެޓް އޮސްޓްރޭލިއާއިން ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑުގެ ސަބަބުން އިންޑިއާއަށް ކުރިމަތިވެފައިވާ ހާލަތާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، އެގައުމަކީ އޮސްޓްރޭލިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ރަހުމަތްތެރި ގައުމެއް ކަމަށެވެ.

ޔުނިސެފްއާ ގުޅިގެން ކްރިކެޓް އޮސްޓްރޭލިއާއިން ވެފައިވަނީ 50،000 ޑޮލަރުގެ އެހީއެކެވެ. އަދި ކްރިކެޓް އޮސްޓްރޭލިއާއިން ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އެގައުމުގެ ވީހާވެސް ގިނަ ރައްޔިތުން އިންޑިއާއަށް އެހީވުމަށް ގޮވާލައިފައެވެ.

މިކަމާ ގުޅޭގޮތުން ކްރިކެޓް އޮސްޓްރޭލިއާގެ އިންޓެރިމް ޗީފް އެގްޒެކިއުޓިވް ނިކް ހޮކްލޭ ވިދާޅުވީ، އޮސްޓްރޭލިއާ އާއި އިންޑިއާ އަކީ ވަރަށް ހާއްސަ ގުޅުމެއް އޮންނަ ދެގައުމު ކަމަށާއި، ދެ ގައުމުން ކްރިކެޓް ދެކެ ވާ ލޯތްބަކީ މި ގުޅުން އިތުރަށް ފުރިހަމަކޮށްދޭ ކަމެއް ކަމަށެވެ.

ކްރިކެޓް އޮސްޓްރޭލިއަން އިން އިންޑިއާއަށް އެހީވެފައިވާއިރު، އިންޑިއަން ޕްރިމިއަރ ލީގަށް ކުޅެމުން އަންނަ އޮސްޓްރޭލިއަން ކްރިކެޓަރ ޕެޓް ކުމިންސްގެ އިތުރުން ކުރީގެ ބޯރލާ ބްރެޓް ލީ ވަނީ މިދިޔަ ހަފްތާގައި އިންޑިއާއަށް 50،000 ޑޮލަރުގެ އިތުރުން 1 ބިޓްކޮއިން (40 ލައްކައެއްހާ ރުޕީސް) ހަދިޔާކޮށްފައެވެ.

އިންޑިއާގައި އާދީއްތަ ދުވަހު ހަތަރު ލައްކައަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އެވްރެޖުކޮށް ކޮންމެ ދުވަހަކު 3،000 އަށްވުރެ ގިނަ މީހުން އަންނަނީ މި ބަލީގައި މަރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.