ބ. ހިތާދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމައި އެތަން ރަސްމީކޮށް ހުޅުވައިފިއެވެ. 

މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި ރަސްމިއްޔާތުގައި މަޙްލޫފް ބައިވެރިވެވަޑައިގަތީ ވަރޗުއަލްކޮށެވެ. ހިތާދޫގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް ބޮޑުބެރާއެކު ކުރިޔަށް ގެންދިޔަ މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ. އަދި ދަނޑު ހުޅުވުމުގެ ގޮތުން ހިތާދޫ ޒުވާނުންގެ މެދުގައި ވަނީ ހާއްސަ ފުޓްސަލް މެޗެއް ކުޅެފައެވެ. 

މި ދަނޑުގެ މަސައްކަތް މިނިސްޓްރީއިން 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ކޯޕައިންސް އިންވެސްޓްމަންޓްސްއާއެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 1،387،756 (އެއް މިލިޔަން ތިންސަތޭކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ފަންސާސް ހައެއް) ރުފިޔާއަށެވެ.

ހިތާދޫ އަކީ ފުޓްސަލްގައި ރާއްޖޭގެ ރަންވަނަތައް ހާސިލް ކުރަމުން އަންނަ ރަށެއް ކަމަށާއި، ހިތާދޫގެ ފުޓްސަލްގެ ކުރިމަގު މި ދަނޑުގެ ސަބަބުން އިތުރައް ކުރިއަރައިދާނެ ކަމަށް ދެކިލައްވާ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ. އަދި މި ދަނޑު ނިންމާލުމަށްޓަކައި ރަށުގެ ކައުންސިލާއި ޒުވާނުންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމަށް މަޙްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން މިހާރު ވެސް ގެންދަނީ ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *