އުދިނޭޒީ އަދި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ޔުވެންޓަސް / ޓުވިޓަރ

އިޓާލިއަން ލީގުގައި ފަހުވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑުން އުދިނޭޒީ އަތުން 1-2 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވެއްޖެއެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މެޗު ފެށިގެން 10 މިނެޓު ތެރޭގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ރޮޑްރިގޯ ޑި ޕައުލްގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ނަހުއެލް މޮލީނާއެވެ.

މި ލަނޑާއެކު ޔުވެންޓަސްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް، އުދިނޭޒީގެ ހާފަށް ބާރުބޮޑު ކުރިއެވެ. އެގޮތުން ނަތީޖާ ހަމަހަމަ ކުރަން އެޓީމުން ފުރަތަމަ ހާފްގައި ގިނަ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް 0-1 ގެ ނަތީޖާއަކުން ޔުވެންޓަސްގެ މައްޗަށް އުދިނޭޒީ ކުރީގައި އޮވެގެން ނިމިފައިވާއިރު، ދެވަނަ ހާފް ފެށިގެން އެޓީމުން ވަނީ އެޓޭކްތައް ވަރުގަދަކޮށް، އުދިނޭޒީއަށް ޕްރެޝާކޮށް ހަމަލާތަކެއް އުފައްދާފައެވެ.

ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 83 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އެޑްރިއަން ރަބިއޮޓްގެ އެހީތެރިކަމާއެކު ރޮނާލްޑޯ ވަނީ ޔުވެންޓަސްއަށް މެޗުގެ ލީޑު ނަގައިދީ، އެޓީމު އުފާކޮށްދީފައެވެ.

މި ދެ ލަނޑާއެކު ޔުވެންޓަސްއަށް ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 99 އަށް އަރާފައެވެ. އޭނާ އެ ކްލަބަށް 100 ލަނޑު ހަމަކޮށްފިނަމަ، ވެގެންދާނީ ތަފާތު ތިން ކްލަބެއްގެ އިތުރުން ގައުމީ ޓީމަށް 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މި ނަތީޖާއާއެކު ޔުވެންޓަސް އޮތީ ދެވަނަގައި 69 ޕޮއިންޓާއެކު އޮތް އެޓަލާންޓާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މީގެއިތުރުން ޔުވެންޓަސް އަދި އެޓަލާންޓާއާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ހަތަރުވަނައިގައި އޮތީ އޭސީ މިލާން އޮތްއިރު، އުދިނޭޒީ އޮތީ 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 11 ވަނައިގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.