ކޮވިޑް-19 އާއި ގުޅިގެން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށް ނޫން އެހެން ރަށެށްގައި ތިބި ކެންޑިޑޭޓުން އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް ދިޔުމަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން، މި އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އައިއޭއެލް އެޑެކްސެލް އޭލެވެލް އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާއިރު، ކޮވިޑްގެ ސަބަބުން ކިޔަވާ އެތައް ދަރިވަރުންނެއް ވަނީ އަމިއްލަ ރަށަށް ބަދަލުވެފައެވެ. އެހެންކަމުން، އިމްތިހާނު ހަދާ ސެންޓަރު ހުރި ރަށަކަށް ދިޔުމުގައި ދިމާވެދާނެ ހުރިހާ ދަތިތަކަކުން ރައްކާތެރިވުމުގެ ގޮތުން، ސެޕްޓެމްބަރު 27 ވާ އާދީއްތަ ދުވަހުގެ ކުރިން އެ ރަށަކަށް ދިޔުމަށް ޑީޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރުކުރުމަށް މިވަނީ އެތައް އުނދަގޫތަކެއް ކުރިމަތިވެފައެވެ. މިގޮތުން، އެ މީހަކު ހުރި ރަށް ނޫން އެހެން ރަށަކަށް ދާނަމަ އެޗްޕީއޭއާއި ކައުންސިލްގެ ހުއްދަވެސް ހޯދަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.