ގދ.ދިނަދޫ، ޒިޔާދާ ނައީމް ރޭޕްކުރި ކަމުގެ ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފިއެވެ. މިއަދަށް ހައި ކޯޓުގައި ތާވަލް ކޮށްފައި އޮތް އަޑުއެހުން ފަސްކުރީ ޝާހް ކަރަންޓީނުގައި ހުރުމުން ކޯޓަށް ހާޒިރު ނުވެވޭތީއެވެ.

އަނިޔާވެރި އެތައް ޖިންސީ އަނިޔާއެއްގެ ސަބަބުން މަރުވެގެންދިޔަ ޒިޔާދާގެ މަރާ ގުޅިގެން ޝާހްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 4 ދައުވާއެކެވެ. އެއީ، ރޭޕް ކުރުމުގެ ދައުވާ، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ، މީހަކު މަރުވެ ދިޔުމުގައި ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ، އަދި މީހަކު މަރުވެ ދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާއެވެ. މީގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ނޫން އެހެން ދައުވާތައް ދައުލަތުގެ އެދުމުގެ މަތިން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ކުރިން މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުގެ ނިންމުން ޕީޖީއިން ބަލައި ނުގަނެ އިސްތިއުނާފް ކުރުމަށް ހައި ކޯޓަށް ހުށަހެޅިއެވެ. ޕީޖީ އިން ވަނީ ކްރިމިނަލް ކޯޓުން ނިންމުން ނިންމީ ޕީޖީއިން ހުށަހަޅާފައިވާ އެއްވެސް ހެއްކަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށް ބުނެފައެވެ. މިގޮތުން، ޒިޔާދާއަށް ލިބުނު އަނިޔާތައް ހިއްސާކޮށްފައިވާ މީހުންގެ ހެކިބަހާއި، މެޑިކަލް ރިކޯޑްތައްވެސް ޕީޖީއިން ހުށަހަޅާފައިވާނޭ ކަމަށް ބުނެފައިވެއެވެ.

މިއީ، އަނބިމީހާ ރޭޕް ކުރިކަމުގެ ދައުވާ މީހެއްގެ މައްޗަށް އުފުލާ ފުރަތަމަ ފަހަރެވެ. ޒިޔާދާ މަރުވީ ލިބުނު އަނިޔާތަކުގައި ހާލު ގޯސްވެ އައިސީޔޫގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ. ޒިޔާދާއަށް ވަނީ ޖިންސީ، ނަފްސާނީ، އަދި ޖިސްމާނީ ގޯނާ ކޮށްފައިކަން އޭރު ވަނީ ހާމަވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *