ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެނެއުމަށް މަސައްކަތް ކުރައްވަމުން ގެންދާވާކަމަށާއި، މަސައްކަތުގެ އިތުރު ތަފްސީލް ކޯލިޝަންގެ ލީޑަރުންނާއެކު ކުރިޔަށް ގެންދަވާ މަޝްވަރާތައް ނިމުމުން ހިއްސާކުރައްވާނެކަމަށް ރައިސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ލޯކަލް ކައުންސިލް އިންތިހާބަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރު ހިނގުމަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ވަރަށް ސާފުކޮށް މިފަހަރުގެ އިންތިހާބުން ފެނިވަޑައިގަތްކަމަށާއި ސަރުކާރު ހިންގުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެއުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މިރޭގެ ޕްރެސް ކޮންފަރެންސްގައި ރައިސް އޮފީހުގެ ތަރުޖަމާން ވިދާޅުވީ ރައިސް މިވަގުތު ސަރުކާރު ހިނގުމަށް ގެންނަން ޖެހޭ ބަދަލުތަކާއި ބެހޭ ގޮތުން ކޯލިޝަން ގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.

އަދި މިރޭގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ވުޒާރާތައް ހިންގުމަށް ހަވާލުކުރެވިފައި ތިބި ވަޒީރުންނަށް ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ.

އަދި މަޝްވަރާތައް ނިމުމުން ކުރިޔަށް އޮތް ދުވަސްތަކުގައި މި މަޝްވަރާތަކާއި ސަރުކާރު ހިންގުމަށް ގެނެއުމަށް ހަމަޖެހޭ ބަދަލުތަކުގެ ތަފްސީލް ގެނެސްދެވޭނެކަމަށް މަބްރޫކް ވިދާލުވިއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.