ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ގެއްލުންތަކުން އަރައިގަތުމަށް އިންޑިޔާ ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި ދޭން ނިންމި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ސަރުކާރާ ހަވާލުކޮށްފި އެވެ.

އިންޑިޔާ ސަރުކާރުން ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން ނިންމި 250 މިލިއަން ޑޮލަރު ސަރުކާރާ ހަވާލު ކުރީ މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގަ އެވެ.

ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓް ދޭނެ ކަމަށް ފުރަތަމަ އިއުލާނު ކޮށްފައި ވަނީ ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން 250 މިލިއަން ޑޮލަރުގެ އެހީއަކީ އެއްވެސް ޝަރުތަކާއި ނުލާ ފޯރުކޮށްދޭ އެހީއެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލުކުރުމަށްޓަކައި، މި އެހީގެ ބޭނުން ދިވެހި
ސަރުކާރުން ބޭނުން ގޮތަކަށް ބޭނުން ކަމަކަށް ބޭނުން ކުރުމުގެ މިނިވަންކަން
އޮންނާނެ ކަމަށާއި އެ އެހީ ފޯރުކޮށްދެވެނީ މާލޭގައި ހުންނަ އެސްބީއައި
މެދުވެރިކޮށް ކަމުން މިއީ ބޭރުގެ ދަރަންޏެއް ގޮތުގައި ހިމެނިގެން ނުދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މާލީ
އެހީގެ އެ އަދަދު ފޯރުކޮށްދިނުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެސްބީއައި
އަށް ސޮވެރިން ގެރެންޓީ ފޯރުކޮށްދީފައެވެ. 10 އަހަރު ދުވަހުގެ ޓެނިއާ އަކާއިއެކު
ފޯރުކޮށްދެވޭ 250 މިލިއަން ޑޮލަރުގެ މި ސޮފްޓް ލޯންގެ އިންޓްރެސްޓް ރޭޓް ވެސް
ވަރަށް ކުޑައެވެ. އަދި ޕްރިންސިޕަލް ޕޭމެންޓް އަދާ ކުރަން ޖެހެނީ 10 އަހަރު ފަހުން
ކަމުން، އަހަރަކު ދެފަހަރު އަދާކުރަންޖެހޭ އިންޓްރެސްޓް ޕޭމެންޓްގެ އިތުރުން،
ވަގުތުން އަންނަ ދަރަނީގެ ދަތިކަމެއް ނެތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.