އީޔޫގެ އެހީތެރިކަމާއެކު ޔޫއެންއޯޑީސީއިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށް ހާއްސަކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މިއީ ޖަލުތައް ރިފޯމްކުރުމަށާއި ކައުންޓާ ޓެރަރިޒަމްއަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާ ޕްރޮގްރާމްތަކެކެވެ.

މިގޮތުން އޮފިސަރުން "މަންޑޭލާރޫލްސް"އަށް އަހުލުވެރިކުރުވުމަށް މި ތަމްރީން ޕްރޮގްރާމްތަކުގެ ސަބަބުން އެހީތެރިވާނެއެވެ. އަދި ގައިދީންގެ އިންސާނީ ހައްގާއި، ޑިއު ޕްރޮސެސް އަދި އިތުރު އެހީއަށް ބޭނުންވާ ފަރާތްތަކާއި ބެހޭ ގޮތުން މި ތަމްރީންތަކުގައި ވާހަކަދެކެވޭނެއެވެ.

މި ތަމްރީންތަކާއި ގުޅިގެން ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވަނީ މިއީ އަނެއްކާވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަން ފާހަގަކޮށްފައެވެ. މި މޭރުމުން ޓްވީޓް ކުރައްވާ އިމްރާން ވިދާޅުވީ އިންސާނީ ކަރާމާތައް އިސްކަންދީގެން ގައިދީން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމުގެ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ ގާބިލް އޮފިސަރުން އުފެއްދުން ކަމަށާއި، މި ތަމްރީން ތަކުން އެކަމަށް މަގުފަހި ވާނޭ ކަމަށެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ކޮށް ކުށްވެރިން ރިހެބިލިޓޭޓް ކޮށް މުޖުތަމައަށް ނެރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ. މިގޮތުން، ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ބޮޑެތި ކުއްވެރިން ވަކި ކުރުމުގެ މަސައްކަތާއި، އަދި ބޭރުގެ ޖަމާއަތްތަކާއި ގުޅިގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *