މާލޭ ފިހާރައެއް ރޭ ފަތިހުގެ ވަގުތެއްގައި ފަޅާލައިފިއެވެ. މިކަން ފުލުންވަނީ "ޖަޒީރާ ނިއުސް" އަށް ކަށަވަރުކޮށްދީފައެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ފަޅާލާފައިވަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ "ސެލް ޒޯން" ނަމަކަށް ކިޔާ ފިހާރައެކެވެ. އަދި އެ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނަގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ވަނީ ރޭ ފަތިހު 04:44 ގައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.