މިދިޔަ މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 61 ޕަސަންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލީ ޖުލައި މަހުގަ އެވެ. 

އިމިގްރޭޝަން އިން ބުނީ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ޖުމުލަ 13،516 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި މިދިޔަ މަހު ފަތުރުވެރިން އައި އަދަދު 61 ޕަސަންޓު އިތުރުވެފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަން އިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ފުރަތަމަ 15 ދުވަހު ވެސް ރާއްޖެއަށް 4458 ފަތުރުވެރިން އައިސްފައިވެ އެވެ. ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *