އިންޑިއާއި ރާއްޖެއާ ދެމެދު ފެރީގެ ހިދުމަތް ފެށުމަށްވެވުނު އެއްބަސްވުމުގެ ދަށުން، މައަދު ފުރަތަމަ ފެރީ އިންޑިއާގެ ޓުޓިކޮރިން އިން ނައްޓާލާނެއެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އިންޑިއާގެ ޕްރައިމް މިނިސްޓަރ ނަރެންދްރަ މޯދީގެ 2019 ވަނަ އަހަރު ސޮއި ކުރި އިންޑިއާ – މޯލްޑިވްސް އެގްރީމެންޓްގެ ދަށުން ފެށޭ ފެރީގެ ހިދުމަތެކެވެ. ރައީސް ސޯލިހުގެ ވެރިކަން ފެށުމާއެކު، އަނެއްކާވެސް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާރުޖީ ގުޅުން މިދަނީ ރަނގަޅު ވަމުންނެވެ. އެގޮތުން، 500 މިލިއަން ޑޮލަރުގެ އެއިޑްއަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްވެސް އިންޑިއާގެ ސަރުކާރުން ވަނީ ރާއްޖެއަށް ދިނުމަށް ހަމަޖެހިފައެވެ.

ފެރީގެ ހިދުމަތް ފެށުމުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނޭކަމަށް ބެލެވެއެވެ. މިކަން ޓޫރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމްވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ޓޫރިޒަމް އަދި ޓްރޭޑް ވެސް ރަނގަޅު ވެގެން ދާނޭ ކަމަށް މައުސޫމް ވަނީ ކުރިން ވިދާޅުވެފައެވެ.

ފެރީގެ ހިދުމަތް މިއަދު ފަށާއިރު، ފެރީ އެންމެ ފުރަތަމަ ދަތުރުކުރާނީ ޓުޓިކުރިން އިން ކޮޗިއަށެވެ. ކޮޗިނަށް 22 ގައި ބަނދަރުކުރުމަށްފަހު، 26ގައި ކުޅުދުށްފުށްޓަށް ދެވޭނޭކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.