ތައިލެންޑްގެ ރަސްކަލުން މަހާ ވަޖިރަލޮންގކޮން އާދެކޮޅަށް އެ ގައުމުގައި ގިނަ އަދަދެއްގެ މީހުން އެއްވެ މުޒާހަރާ ކޮށްފިއެވެ. މިއީ އެތައް ހާސް ރައްޔިތުން ތައިލެންޑްގެ ވެރިރަށް ބެންކޮކްއަށް އެއްވެ މުޒާހަރާ ކުރާ ވިދިވިދިގެން ދެވަނަ ދުވަހެވެ.

ތައިލެންޑްގައި ރަސްކަމާދެކޮޅަށް ބަސްބުނުމަކީ ގާނޫނީ ކުށެކެވެ. އެހެންނަމަވެސް، މުޒާހަރާގެ ބައިވެރިން ދަނީ ރަސްކަން ބަދަލުކޮށް ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރުމަށްވެސް ގޮވާލަމުންނެވެ. އަދި ފުލުހުންނާއި ސިފައިން ރިފޯމްކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތައް އެ ގައުމުގެ ފުލުން މިހާރު ބަލައިގަނެފިއެވެ. މިއާ އެކު، "ރަސްރަސްކަލުންނާއި ހަމައަށް ސިޓީތައް ރައްދުވާނޭކަން ޔަގީން ވުމަކީ ލިބުނު ކާމިޔާބީއެއް" ކަމަށް މުޒާހަރާތަކުގައި އިސްކޮށް އުޅޭ މީހުން ވަނީ އިއުލާންކޮށްފައެވެ.

މިކަމާ ގުޅިގެން ތައިލެންޑްގެ ސަރުކާރުން އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިން އަންނަނަނީ އޮކްޓޯބަރ 14 ވަނަ ދުވަހަށް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުންނެވެ. އޮކްޓޯބަރ 14 ތައިލެންޑްގައި ފާހަގަކުރަނީ 1973 ވަނަ އަހަރު ކިޔަވާ ކުދިންތަކެއް ނިކުމެ އޭރުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރި ދުވަހެއްގެ ގޮތުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.