ބަޔާން މިއުނިކްއަށް ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އިނގިރޭސި ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލްއަށް ސޮއިކޮށްފިއެވެ. 

އޭނާ ލިވަޕޫލްއަށް ސޮއިކޮށްފައިވަނީ 20 މިލިއަން ޕައުންޑަށެވެ. މި އަދަދު 27 މިލިއަން ޕައުންޑަށް އެޑް އޮންސްއާއެކު ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. އޭނާ ލިވަޕޫލްއަށް ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާ ވެގެން ގޮސްފައިވަނީ މި ޓްރާންސްފަރ މާކެޓުގައި ލިވަޕޫލްއިން ގެނައި ދެވަނަ ކުޅުންތެރިޔާއަށެވެ. އުމުރުން 29 އަހަރުގެ ތިއާގޯ ލިވަޕޫލްގައި ބޭނުންކުރާނީ 6 ނަމްބަރު ޖާޒީއެވެ. 

ލިވަޕޫލްއަށް ސޮއިކުރުމަށްފަހު ތިއާގޯ ބުނީ މިއީ އޭނާ ވަރަށް ގިނަ ދުވަހު ކުރަމުން އައި އިންތިޒާރެއްގެ ނިމުން ކަމަށާއި ލިވަޕޫލްއަށް ސޮއިކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ލިވަޕޫލްއާއެކު ގިނަ މުބާރާތްތަކެއް ކާމިޔާބުކުރަން ބޭނުންނުވާ ކަމަށާއި އަދި ލިވަޕޫލްއާއެކު ގިނަ ތަށިތަކެއް ކާމިޔާބުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ބުންޏެވެ. 

އަންނަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ ލިވަޕޫލްގެ ޓީމުން އޭނާއަށް ފުރުސަތު ނުލިބޭނެ ކަމަށް ބެލެވެއެވެ. 

ތިއާގޯ ވަނީ މިދިޔަ ސީޒަނުގައި ބަޔާންއާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި ޖަރުމަނު ކަޕް އަދި ޖަރުމަނު ލީގު ކާމިޔާބު ކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.