އެމެރިކާގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު ރޫތު ބޭޑަރ ގިންސްބަރގް އަވަހާރަވެއްޖެއެވެ. އުމުރުފުޅުން 87 އަހަރުގައި ގިންސްބަރގް އަވަހާރަވީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި، އުއްތަމަ ފަނޑިޔާރު ޖޯން ރޮބާރޓްސް ވަނީ، ގިންސްބަރގް އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާ، އެކަމަނާއަކީ އެމެރިކާގެ ތާރީހުގައިވެސް ފާހަގަ ކުރެވިގެންދާނޭ ބޭފުޅެއްކަމުގައި ވިދާޅުވެފައެވެ. އަދި ވަރުބަލިކަމެއްނެތި ހައްގަށް މަސައްކަތް ކުރުމުގައި ދެމި ހުންނެވި ބޭފުޅެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކުންވެސް ގިންސްބަރގް ހަނދާން ކުރާނޭ ކަމުގައިވެސް ރޮބާރޓްސް ވަނީ ވިދާޅުވެފައެވެ.

ގިންސްބަރގް ސުޕްރީމް ކޯޓަށް އައްޔަން ކުރެވުނީ 1993ވަނަ އަހަރު ބިލް ކްލިންޓަންގެ ވެރިކަމުގައެވެ. ސުޕްރީމް ކޯޓައް އައްޔަންކުރުމުގެ ކުރިންވެސް، އަދި އޭގެ ފަހުންވެސް ގިންސްބަރގް ފާހަގަ ކުރެވެނީ އަންހެނުންގެ ހައްގުގައި ވަކާލާތުކުރުމުގައި ކުރީސަފުގައި ހުންނަވާ ބޭފުޅެއް ގޮތުގައެވެ.

ގިންސްބަރގް އަވަހާރަވުމާ ގުޅިގެން ވައިޓް ހައުސް އަދި ސުޕްރޯމް ކޯޓުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށްފައިވެއެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ ސުޕްރީމް ކޯޓު ކައިރީގައި ހިތާމަވެސް ފާޅުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.