ރަށްވެހިފަތިސް ކެމްޕޭން ނިންމުމަށް ރަސްދޫގައި ބޭއްވި ޖަލްސާ (އޭޕްރީލް 8، 2021) -- ފޮޓޯ: އެމްޑީޕީ

މަސައްކަތްތެރިންގެ މިނިމަމް ވޭޖް ނުވަތަ އެންމެ ދަށް އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މޯލްޑިވިއަން ޑެމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ހުއްޓާނުލާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުގައި އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން މިހާރު ފަތުރުވެރިކަމުން ލިބެންޖެހޭ ސަރވިސް ޗާޖް ކަށަވަރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ، ނުވަތަ މިނިމަމް ވޭކް ކަނޑައެޅުމުގެ މަސައްކަތް ވެސް އެމްޑީޕީން ހުއްޓާނުލާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ވަނީ އެންމެ ކުޑަ އުޖޫރަ 9 ދާއިރާއަކުން ކަނޑައަލަން ޖެހޭ ގޮތަށް ފާސްކޮށްފައެވެ. އެއީ، މަސްވެރިކަމާއި ދަނޑުވެރިކަން، ފަތުރުވެރިކަން، ކޮންސްޓަރަކްޝަން، ދަތުރުފަތުރު، ސިއްހީ، ތައުލީމީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީ، އަދި މެރިޓައިމްއެވެ. މި ދާއިރާތަކުގެ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނީ ވޭޖް ބޯޑުގެ ލަފާގެ މަތިން މިނިސްޓަރުން ނެރޭ އަމުރަކުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.