ކޮވިޑް-19 އާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައިވާ އެލެވެންސްގެ ގޮތުގައި ޖުމްލަ 78 މިލިއަން ރުފިޔާ ދޫކުރެވިއްޖެކަން ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީން މީގެ ކުރިން ބުނެފައި ވަނީ ފްރަންޓްލައިން އެލެވަންސް ގޮތުގައި ދޫކުރެވިފައިވަނީ 33.5 މިލިއަން ރުފިޔާ ކަމަށާއި އެއީ 2،948 މީހަކަށް ކަމަށެވެ. އެހެންނަމަވެސް މިހާރު، ފުލުހުންނާއި ސިފައިންނަށް އެލެވެންސް ދޫކުރަން ފެށުމާއެކު އެ އަދަދު 78ކަށް އަރާނެއެވެ. ކުރިން ފުލުހުންނާއި ސިފައިންނަށް ފައިސާ ދޫކުރުމުގައި ލަސްވީ އުސޫލަށް ބަދަލު ގެންނަން ޖެހުމުން ކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން މައުލޫމާތު ދޭ ގޮތުގައި، 3،148 ފުލުހަކަށް 20.5 މިލިއަން ރުފިޔާއާއި، 3،334 ސިފައިންގެ މީހަކަށް 24 މިލިއަން ރުފިޔާ ފްރަންޓްލައިން އެލެވެންސް ގޮތުގައި ދޫކުރެވޭނެއެވެ.

ފްރަންޓްލައިން އެލެވެންސް ދިނުމަށް ހަމަޖެހިފައިވަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ ދުވާލަކަށް 500 ރުފިޔާ ލިބޭ ހައި ރިސްކް ކެޓެގަރީއާއި، ދުވާލަކަށް 250 ރުފިޔާ ލިބޭ މީޑިއަމް ރިސްކް ކެޓެގަރީއާއި، ދުވާލަކަށް 200 ލިބޭ ލޯ ރިސްކް ކެޓެގަރީއެވެ. މީގެތެރެއިން، ހައި ރިސްކް ކެޓެގަރީއަކީ ކޮވިޑް-19 ޕޮޒިޓިވް ޕޭޝަންޓުންނާ ބައްދަލުވާނޭ ފަރާތްތަކެވެ. މީޑިއަމް ރިސްކްއަކީ ކޮވިޑް-19އަށް ހައިރިސްކް ބޭފުޅުންނާއި ބައްދަލުވާނޭ ފަރާތްތަކެވެ. ލޯ ރިސްކް ކެޓެގަރީއިން ފައިސާ 6 ގަޑިއިރު އެންއީއޯސީގައި މަސައްކަތް ކުރުމުން ލިބޭނޭ ކަމަށްވެސް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.