ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް އެޓީމު ދޫކޮށް އޭނާ ކުރިން ކުޅުނު ޓީމު ކަމަށްވާ ޓޮޓެންހަމްއަށް ބަދަލުވުމަށް ނިންމައިފިއެވެ. 

އޭނާ ޓޮޓެންހަމްއަށް ބަދަލުވަނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. 

ޓޮޓެންހަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ އަދިވެސް ބޭލް ހުރީ ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށާއި އެއްބަސްވުމުގައި ސޮއި ނުކުރަނީސް ބޭލްއާ ގުޅޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. ބޭލް ވަނީ މީގެ ކުރިން ހަ އަހަރު ޓޮޓެންހަމްގައި ހޭދަކޮށްފައެވެ.

ބޭލްގެ އޭޖެންޓް ވަނީ ދެ ޓީމުގެ މެދުގައި ޓްރާންސްފަރގެ މަޝްވަރާތައް ކުރިޔަށްދާ ކަން ކަށަވަރުކޮށްދީީފައެވެ. އަދި މިދިޔަ ހަތް އަހަރުގެ ތެރޭ އޭނާ ރެއާލް ދޫކޮށްލާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ މި ސީޒަނުގައި ކަމަށް ވެސް އޭނާގެ އޭޖެންޓް ވަނީ ބުނެފައެވެ. 

2019 ވަނަ އަހަރު ޗައިނާ ލީގަށް ބޭލް ބަދަލުވާން އެއްބަސްވި ނަމަވެސް ރެއާލްއިން އޭރު އޭނާ ދޫކޮށްލާފައެއް ނުވެއެވެ. މިދިޔަ ސީޒަނުގައި ރެއާލްއިން އޭނާއަށް ކުޅުމުގެ ފުރުސަތު ދީފައިވަނީ އެންމެ 20 މެޗުންނެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް ކުޅުނު ގިނަ މެޗުތަކުގައި ވެސް އޭނާއަށް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

އޭނާ 2013 ވަނަ އަހަރު ރެއާލްއަށް ބަދަލުވީ އޭރުގެ ރެކޯޑް ޓްރާންސްފަރ ފީއެއް ކަމަށްވާ 85 މިލިއަން ޕައުންޑަށެވެ. ރެއާލްއާއެކު އޭނާ ވަނީ ހަތަރު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ދެފަހަރު ކާމިޔާބުކޮށްފައެވެ.
 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.