ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދުގެ ހަނދާނުގައި ހާއްސަ ތައުބީން ޖަލްސާއެއް ބާއްވައިފިއެވެ. 

މި ޖަލްސާ ބައްވާފައިވަނީ ޖުމްހޫރީ ޕާޓީއިން އިސް ނަގައިގެންނެވެ. ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ މި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ބައިވެރިވެވެޑައިގެންނެވިއެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މީގެ 32 އަހަރު ކުރިން ޓީވީ މޯލްޑިވްސްއާ ގުޅި ވަޑައިގެންނެވިއިރު އެމަނިކުފާނުގެ ވެރިޔަކަށް ހުންނެވި ހުސައިން ކަމަށާއި އަދި ހުސައިންއަކީ އެމަނިކުފާނަށް ވަރަށް އިތުބާރު ކުރައްވައި މުހިންމު ގިނަ މަސައްކަތްތަކެއް ހަވާލުކުރެއްވި ބޭފުޅެއް ކަމަށެވެ. ހުސައިން އަކީ އެކުވެރި ގާތް ރަހުމަތްތެރިޔެއް ކަމަށް ރައީސް ވިދާޅުވިއެވެ. 

އޭރު ކުރިޔަށް ގެންދިޔަ އަތޮޅުވެރިންގެ ބައްދަލުވުމުގައި ޓީވީ މޯލްޑިވްސް ތަމްސީލްކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވީ ހުސައިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ ސިޔާސީ މައިދާނަށް ނުކުންނަވަން ދިމާވި އެއް ސަބަބު ކަމަށް ވިދާޅުވެ ރައީސް ވަނީ އެ ފުރުސަތު ދެއްވި ކަމަށްޓަކައި ހުސައިންއަށް ޝުކުރު އަދާކުރައްވާފައެވެ. 

ހުސެއިން މުހައްމަދު އުމުރުފުޅުން 71 އަހަރުގައި އަވަހާރަވެފައިވަނީ އަލާސްކަންފުޅާ އުޅުއްވުމަށްފަހުއެވެ. އަވަހާރަވީ ޓްރީޓޮޕްގައި ފަރުވާދެއްވަމުން ގެންދަވަނިކޮށެވެ.

ހުސެއިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތުރުން ތައުލީމީ ދާއިރާ އާއި ބްރޯޑްކާސްޓިން ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހުސައިންގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހާއި ޓީވީ މޯލްޑިވްސްގައި ވަނީ ހާއްސަ ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.