ޓޫރިޒަމް މިނިސްޓްރީގެ ޕާމެނެންޓް ސެކްރެޓަރީ އާއިޝަތު ސޫޒަން ހަނީފް ސަސްޕެންޑް ކޮށްފައިވާކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ، ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އާ ގުޅޭ ގޮތުން ކޮމިޝަނަށް ޝަކުވާތައް ހުށަހެޅިފައިވާތީ އެ ޝަކުވާތައް ބެލުމަށާއި، އޮޑިޓަ ޖެނެރަލްގެ އޮފީހުން ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންތައްތައް ބެލައި ނިމެންދެން ޕީއެސް ސަސްޕެންޑް ކުރުމަށް ވަނީ ނިންމާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒިފުންތަކެއް އިއްޔެ ވަނީ ޝަކުވާ ހުށަހަޅާފައެވެ. މިގޮތުން، ސޫޒަން މަގާމަށް ކުފޫ ހަމަނުވާ ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ މައުލޫމާތު ލިބިފައި ނުވާކަމަށްވަނީ ފާހަގަ ކޮށްފައެވެ. އަދި މަސްއޫލިއްޔަތު ފުރިހަމަ ކުރުމުގައި އިހުމާލުވެ، މިނިސްޓްރީ ތެރޭގައި ތަފާތުކުރުމުގެ އުސޫލެއް ގެންގުޅޭކަމަށް ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުންވެސް، ގަވާއިދާ ހިލާފަށް މުވައްޒިފުންލައްވާ މަސައްކަތް ކުރުވާ ޗުއްޓީ ނުދޭކަމުގެ ޝަކުވާވެސް ހުށަހަޅާފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި، އެ މިނިސްޓްރީއިން ގިނަ އަދަދަކަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ކޮވިޑް އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީއިން 26 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑްކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށް، މުސާރަ ލިބޭގޮތަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.