ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ވައުދު އެމަނިކުފާނު ރަނުން ރަނަށް ފުއްދަވަމުން ގެންދަވާ ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޔައުގޫބް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ އިން ވައުދުވީ ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުން ކަމަށާއި ވައްކަމަށް ފުރުސަތު ނުދިނުމާއި، ވައްކަން ފަޅާ އެރުވުމާއި އަދި އެކަން ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ގެންދަވަނީ އެ ވައުދު ރަނުން ރަނަށް ފުއްދަވަމުން ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އަދި އޮޑިޓާ ޖެނަރަލްގެ ރިޕޯޓްތަކާއެކު އެބޭފުޅާ މަގާމުން ވަކި ނުކުރައްވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން އޮޑިޓާ ޖެނަރަލް އޮފީހުން ހެދި ބައެއް އޮޑިޓްތަކުގައި މިނިސްޓްރީތަކުން ހަރަދުކޮށްފައިވާ ގޮތުގެ ބައެއް މައްސަލަތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވުނެވެ.

އެކަންކަމާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ވެސް އަންނަނީ ފިޔަވަޅުތަކެއް އަޅަން ފަށައި، އެ މައްސަލަތައް އިތުރަށް ބަލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.