ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުކުރުމަށްފަހު އަނބުރާ ގެންދަނީ -- ޖަޒީރާ ފޮޓޯ: އަހުމަދު ޝުރާއު

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކޮށްފިއެވެ.

މިކަމާ ގުޅިގެން ކަރެކްޝަނުން ބުނީ، ކ.މާފުށީ ގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގެ އޮފިސަރުން ޕޮޒިޓިވް ވަމުންދާތީ އެ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދު ﷲ ޔާމީން ވަނީ ވަގުތީ ގޮތުން ގޭބަންދަށް ބަދަލު ކުރެވިފައި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ އެމަނިކުފާނު މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގގެ ދައުވާގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ. އެ ކުށުގައި އެމަނިކުފާނުގެ މައްޗަށް ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރެއްވިނަމަވެސް، އެ ކޯޓުންވެސް ނިންމީ ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އަދި ރައީސް ޔާމީނަކީ މަނީ ލޯޑަރ ކުރެއްވި ބޭފުޅޭއްކަމަށެވެ.

ހައި ކޯޓުގެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުޕްރިމް ކޯޓުގައިވެސް އިސްތިއުނާފް ކުރައްވާފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.