ކ.ތިލަފުށީގައި އެމްޓީޓީސީއިން ހިންގާ ބޯޓު ޔާރޑުގެ މަސައްކަތް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މާލޭ ސަރަހައްދު ފުރަބަންދަށް ދިއުމުގެ ސަބަބުން ހުއްޓާލާފައި އޮތުމަށްފަހު އަލުން ހުޅުވާލަން ނިންމައިފިއެވެ.

މިކަން އިއުލާންކޮށް އެމްޓީޓީސީއިން އާންމުކުރި ނޫސް ބަޔާނުގައި ވަނީ، މި މަހުގެ 20ވަނަ ދުވަހު ބޯޓު ޔާރޑު އާންމުކޮށް ހުޅުވާލާނެ ކަމަށެވެ. މިގޮތުން، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅާ ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އެއްފަހަރާ އެކި ސައިޒުގެ 20 އުޅަނދު ޑޮކް ކުރުމުގެ ޖާގަ އޮންނަ މި ބޯޓް ޔާރޑަކީ ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓުޔާރޑެވެ. މީގެ އިތުރުންވެސް، ކަނޑުދުއްވާ އުޅަދުތައް ގެންގުޅޭ ފަރާތްތައް ބޭނުންވާ އެތައް ހިދުމަތެއްވެސް ބޯޓު ޔާރޑުން ލިބެން ހުންނަ ކަމަށް އެމްޓީޓީސީއިން ވަނީ މައުލޫމާތުދީފައެވެ. އޭގެ ތެރޭގައި، ބޯޓް ހޮއިސްޓް، ސްލިޕްވޭ ، ބޯޓް ޓްރެއިލަރ އާއި އެއާބޭގް ޓެކްނޮލޮޖީ ބޭނުންކޮށްގެން ޑޮކްކުރުމުގެ ޚިދުމަތް ހިމެނެއެވެ. އަދި ވެލްޑިންގް، މެޓަލް ފެބްރިކޭޝަން، މެރިން އިންޖިނިއަރިންގް، އިލެކްޓްރިކަލް މަސައްކަތް، މެޝިނިންގް ، ފައިބަރުގެ މަސައްކަތް، ވަޑާމުގެ މަސައްކަތް، އަދި އަންޑަރވޯޓަރ ވެލްޑިންގް އާއި ކަޓިންގ ގެ ހިދުމަތްވެސް ފޯރުކޮށްދެއެވެ. 

މި ބޯޓް ޔާރޑް ރަސްމީކޮށް ހުޅުވުނީ 2017 ވަނަ އަހަރުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *