ރ.ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިން އިއުލާން ކޮށްފިއެވެ.

މިގޮތުން، މަޝްރޫއު އެއްކޮށް ނިންމާލެވިފައިވަނީ 13 ސެޕްޓެމްބަރުގައި ކަމަށް އެމްޓީޓީސީއިން ވަނީ ހާމަކޮށްފައެވެ. 

ރ.ވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 1،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ އިތުރުން، 75 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮއްޓެއްލާފައިވެއެވެ. މިއީ، 26 އޮގަސްޓް 2019 ގައި ސަރުކާރުން ހަވާލުކުރި 5.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. 

އެމްޓީޓީސީއިން މިހާރުވެސް 47 ރަށެށްގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ކުރިއަށް އެބަ ގެންދެއެވެ. މީގެ ތެރެއިން 4 މަޝްރޫއު ކުރިއަށް ދަނީ ރ. އަތޮޅުގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.