ޕްރިންސިޕަލުން މަސައްކަތް ކުރާނޭ ސްކޫލު ކަނޑައަޅާ ޓެނުއަރޝިޕް އުސޫލު އަލުން މުރާޖައާ ކުރަން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމައިފިއެވެ.

މިކަން އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރީ ސްކޫލްތަކަށް ފޮނުވި ސިޓީއެއްގައެވެ. އެގޮތުން، އައު އުސޫލާ ގުޅިގެން ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް މިނިސްޓްރީއާއި އެކިފަހަރު މަތިން ހިއްސާކޮށްފައިވާކަން ފާހަގަކޮށް، އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނޭ ކަމުގައި މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މި އުސޫލުގެ ދަށުން ހެދުމަށް ހަމަޖެހިފައިވާ ގަވާއިދުތައް ހެދުމުގެ މަސައްކަތްވެސް ސްކޫލްތަކާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުރިއަށް ގެންދާނޭ ކަމުގައި މިނިސްޓްރީ އިން ވަނީ ހާމަކޮށްފައެވެ. އެސޫލާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތައް ފެށޭނީ ގަވާއިދު އާންމު ކުރުމަށް ފަހުއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި، މި އުސޫލާ އެއްގޮތަށް، އެއް ސްކޫލެއްގައި އެންމެ ގިނަވެގެން ހުރެވޭނީ 4 އަހަރުގެ 2 ޓާރމްއަށެވެ. ޓެނުއަރ ފަށާނީ މިނިސްޓްރީއިން ލިޔުމުން އެކަން ކަނޑައަޅާ ހަވާލުކުރާ ތާރީޚުން ފެށިގެންނެވެ. ފުރަތަމަ 4 އަހަރުގެ ޓެނުއަރ ނިމުމުން އިތުރު 4 އަހަރަށް އެ ސްކޫލެއްގައި ހުންނަން ބޭނުންނަމަ އެކަމަށް އެދި ހުށަހެޅޭނެއެވެ. ބަދަލުވާން ބޭނުންވާނަމަ އެ ފުރުސަތައްވެސް އެދެވޭނެއެވެ. ގިނަ ވެގެން އެއް ސްކޫލެއްގައި ހުރެވޭނީ ވިދިވިދިގެން 8 އަހަރަށެވެ.

އުސޫލު އާންމު ވުމާއެކު ޕްރިންސިޕަލުންގެ ޝަކުވާއަކަށްވީ މީގެ ސަބަބުން ޕްރިންސިޕަލުންގެ ހައްގަށް އުނިކަމެއް އަންނާނޭކަމަށެވެ. އަދި ގަދަކަމުން ބޭނުންނުވާ ސްކޫލަތަކަށް ބަދަލުވާން މަޖުބޫރު ކުރެވޭނޭކަމަށްވެސް އެ ބޭފުޅުން ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ޕްރިންސިޕަލުންގެ ހައްގަށް އުނިކަމެއް ނާންނާނޭކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ކުރިންވެސް ބުނެފައެވެ. ސްކޫލްތައް ބަދަލު ކުރާނީ ޕްރިންސިޕަލުން ޝައުގުވެރިވެލައްވާ ސްކޫލްތަކުގެ ތެރެއިން ކަމަށްވެސް މިނިސްޓްރީއިން ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.