ގްރޭޓަ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް އަންނަ ނޮވެންބަރު މަހު ހުޅުވޭވަރު ވާނޭ ކަމަށް އުންމީދު ކުރާ ކަމަށް މިނިސްޓާ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މި މޭރުމުން ޓްވީޓް ކުރައްވަމުން މައުސޫމް ވިދާޅުވެފައިވަނީ މިކަން ކުރުމަށް ބޭނުންވަނީ ޓެސްޓް ކުރާ ނިސްބަތުން ޕޮޒިޓިވް ވާ އިންސައްތް ފަހަކަށް ވުރެ ތިރި ކޮށް ވިދިވިދިގެން ދެ ހަފްތާ ހިފަހައްޓާލުމުން ކަމަށެވެ.

ދާދި ފަހުން ރާއްޖެއަށް ވަނީ ސޭފް ޓްރެވަލް ސްޓޭމްޕް ވެސް ލިބިފައެވެ. މިކަމާ ގުޅިގެންވެސް، ޑރ. އަބްދުﷲ މައުސޫމް "އަވަސް" ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، ނެގެޓިވް ބޯޑަރ ޕީސީއާރު ޓެސްޓުކުރުމަކީ އެހެން ގައުމުތަކުން ބަލައިގަތް ކަމެއް ކަމަށެވެ. އެހެންކަމުން، ޕޮޒިޓިވް ވާ އިންސައްތަވެސް ދަށް ކަމުގައިވާނަމަ ފަތުރުވެރިން އަންނަ އަދަދު އިތުރުވާނޭ ކަމަށް ބެލެވެއެވެ.

ރާއްޖޭގައި މިހާތަނަށް 134،520 ކޮވިޑް ޓެސްޓް ހެދިފައިވާއިރު، ޕޮޒިޓިވް ވެފައިވަނީ 9،427 މީހުންނެވެ. އިއްޔެ އެކަނިވެސް 99 މީހުން ކޮވިޑާށް ޕޮޒިޓިވްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.