ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ތީމެޓިކް އެމްބެސެޑަރ ފޮރ އެމްބިޝަންގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފެއްޓެވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ ކްލައިމެޓް އިމަރޖެންސީއިން އަރައިގަތުމަށް ރާއްޖެ ހިމެނޭހެން މޫސުމީ ބަދަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުން އަންނަ ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރައީސް ނަޝީދު ފުރުއްވަން ފެއްޓެވި އައު ރޯލުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮންނެވި ކަމަށެވެ. 

ތީމެޓިކް އެމްބެސެޑަރ ފޮރ އެމްބިޝަންގެ މަގާމަށް ރައީސް ނަޝީދު ހަމަޖައްސަވާފައިވާއިރު އެމަނިކުފާނު ވަނީ ބަންގަލަދޭޝްގެ ސީވީއެފްގެ ސްޕެޝަލް އެންވޯއި އަބްދުލް ކަލާމް އާޒާދާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ފޮރެސްޓް އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީވީއެފްގެ ޕްރެސިޑެންސީއާއި އެ އިދާރާގެ އިސް ބޭފުޅުންނާއި އަދި ދަ ގްލޯބަލް ސެންޓަރ އޮން އެޑެޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

ސީވީއެފްގެ ތީމެޓިކް އެމްބެސެޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދުގެ މައިިގަނޑު ގޮތެއްގައި މަސައްކަތްކުރައްވާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ޕެރިސް އެގްރީމަންޓްގައި ހިމެނޭކަންކަން ފުރިހަމަކުރެއްވުމަށާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ގައުމުތައް އަހުލުވެރި ކުރުވުމާއި، ތިމާވެއްޓާއި ރަހުމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކުރައްވައި މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުމުގެ މަސައްކަތެވެ. 

ސީވީއެފްއަކީ ދުނިޔޭގައި އިއުލާންކޮށްފައިވާ ކްލައިމެޓް އިމަރޖެންސީގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ތަރައްގީ ވަމުން އަންނަ 48 ގައުމެއްގެ މައްޗަށް އެކުލެވޭ ބައިނަލްއަގްވާމީ ޕާޓްނާޝިޕެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.