ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ފަލަސްތީނުގެ ރައްޔިތުންގެ މަޖިލީހުގައި އާއި އިޒްރޭލުގެ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު މިކަމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލަ ދައުލަތެއް ހައްގުކަން އެއީ ޔަގީން ކަށަވަރު ކަމެއް ކަމަށާއި އެ ގައުމުގެ ރައްޔިތުންނަށް އެހީތެރިކަމެއް ދެވެން އޮތް މިންވަރަކަށް ދިނުމަކީ ހުރިހާ ދިވެހި ރައްޔިތުން ވެސް އެދޭނެ ގޮތް ކަމަށެވެ.

ރައްޔިތުންނަށް އެނގޭނީ ރައްޔިތުން މިސްރާބު ހިފާންވީ ދިމާ. ފަލަސްތީނު ރައްޔިތުންގެ މިނިވަންކަމާ ފަލަސްތީނު ރައްޔިތުންނަށް ދައުލަތެއް ހައްގު ކަން، އެއީ އެއްވެސް ހާލެއްގައި އަޅުގަނޑަށް ޔަގީން ކަށަވަރު. މި މަޖިލީހުގެ އެއްވެސް މެމްބަރަކުވެސް އެކަމާ އިންކާރު ކުރާނެ ކަމެއް ނޫން.

އިތުރަށް ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މަގަކީ ކޮބައިތޯ މަޖިލީހުން ވެސް ވިސްނަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޚިޔާލު ފާޅުކުރެވޭ ތަފާތު މަގުތައް ހުރިއިރު ހޯދަން ޖެހެނީ ޚިޔާލު ފާޅުކުރުމުގެ ތެރެއިން ހުރިހާ އެންމެން ހިތްހަމަ ޖެހޭ ގޮތެއް ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން އަބަދުވެސް ތާއީދު ކުރާނެ ކަން އެކި ބައިނަލްއަގްވާމީ ސަމިޓްތަކުގައި ރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.