އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެތި އަގު ބޮޑުކޮށް ގަތުމުގެ އުޅެނީ 23،000 ރުފިޔާގެ މައްސަލައެއް ނޫން ކަމަށާއި އެއީ 28،000 ރުފިޔާގެ މައްސަލައެއް ކަމަށް އެންޑީއެމްއޭއިން މިއަދު ބުނެފިއެވެ. މިކަން ހާމަކުރީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓުން ކޮވިޑާއި ގުޅިގެން ކުރި ހަރަދުތައް ބަލައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓް އެންމެ ފުރަހަމަ ނޫންކަމަށް ބުނީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، އޮޑިޓް ރިޕޯޓުގައި ހުރި އުނި ގިނަ ކަންތައްތަކެއް އެންޑީއެމްއޭ އިން ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތުން ނުއަގުގައި އަގު ކޮންޓްރޯލްކޮށްފައިވާ ތަކެތި ގަތް މައްސަލައިގައި އެންޑީއެމްއޭ އިން ވިދާޅުވީ، އެކަން އޮޑިޓް ރިޕޯޓް ނެރުމުގެ ކުރިން އެ ބޭފުޅުންނަށް ފާހަގަ ކުރެވި އެކަން ރަނގަޅު ކުރެވިފައިވާ ކަމަށާއި، އޮޑިޓް ރިޕޯޓުގައި އޮތް އަދަދުވެސް ނުބައި ކަމަށާއި އެ އަދަދު އެއަށް ވުރެ ބޮޑު ވާނޭކަމަށެވެ. އަދި މި މައްސަލަ އެންޑީއެމްއޭ އަށް ފާހަގަ ކުރެވި އެ ފައިސާ ހޯދުމަށް އެދި މިހާރު އެ ފައިސާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް ނާޅާ ކަމަށްވެސް އެންޑީއެމްއޭގެ ޗީފް އެޗްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.

ހުޅުމާލޭ ކޮވިޑް ފެސިލިޓީ ހުރީ ދައުލަތުގެ ބިމެއްގައި ނޫންކަމަށް އޮޑިޓް ރިޕޯޓުގައި ވާތީ އެކަމާ ހިތާމަ ކުރާ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. މިގޮތުން، 300 އެދުގެ މެޑިކަލް ފެސިލިޓީއެއް އެޅުމަކީ މުހިންމުކަމެއްކަން ފާހަގަކުރެވި، އެ ފަދަ ތަނެއް ގާއިމް ކުރާނޭ ތަނެއް ހޯދުމަށް މަސައްކަތް ކޮށް ގިނަ ތަންތަން ބެލުނު ކަމަށް ވިދާޅުވިއެވެ. މިގޮތުން ފޭސް 2 އެސްޓީއޯ ހިޔާ ފެސިލިޓީއާއި، އެއާރޕޯޓުގެ މަސައްކަތް ކުރަމުންދާ ބީޔޫސީޖީގެ އެކަމަޑޭޝަން ބްލޮކް ވެސް ބެލުނުކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެހުރަ ތަން ނިންމީ އެ ތަނަކީ ހަދަމުންދާ ތަނެއް ކަމުން ބިނާ ކުރުމަށް ހަރަދު ނުދާނެތީއާ، ޖާގައިގެ ގޮތުން ތަނަވަސް ތަނަކަށްވީމައެވެ. އަދި ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން އިނުންވެސް އެއީ ފަސޭހަ ކަމެއް ކަމުގައި އެންޑީއެމްއޭ އިން ފާހަގަ ކުރެއެވެ. މި ތަނަށް ކުލި ދައްކަންވެސް ނުޖެހޭ ކަން ފާހަގަ ކޮށްފައިވެއެވެ.

އެންއީއޯސީގެ މުވައްޒިފުންގެ ކެއުމާއި ފްރަންޓްލައިން ބޭފުޅުންގެ އެކަމަޑޭޝަންގެ މައްސަލައިގައި އެންޑީއެމްއޭ އިން ވިދާޅުވީ 3 އިރު ކެއުން އެންއީއޯސީ މުވައްޒިފުންނަށް ހަމަޖެހިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެކަން ކުރަމުން އަންނަނީ ވަރަށް ރޭވިގެން ޑެލިވަރީ ނޯޓް ތަކުގައި އިސް ބޭފުޅެއް ސޮއިކޮށް އެ ޑެލިވަރީ ނޯޓުގައި ކަނޑައެޅިފައިވާ އަގަށް ފައިސާ ދައްކައިގެން ކަމަށެވެ. އަދި އިތުރު ގެސްޓްހައުސް ކޮޓަރިތަކަށް ލާރި ނުދައްކާ ކަމަށާއި، ބައެއް ފަހަރު އަންހެން ފްރަންޓްލައިން ސްޓާފުން އެހެން އަންހެން ސްޓާފުންނާ އެކީ ރޫމް ޝެއާ ކުރާ ކަމަށާއި އެހެންނަމަވެސް އެ ބޭފުޅުންނަށް ހަމަޖެހިފައިވާ ކޮޓަރިއަށް ފައިސާ ދައްކަވާކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ގިނަ ކަންތައްތައް ފާހަގަ ކޮށްފައި ހުރިގޮތާއި މެދު އެންޑީއެމްއޭގެ ޗީފް އެޗްޒެކެޓިވް ހިސާން ހަސަން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ، އޮޑިޓް ކުރަމުން ދިޔަ އިރު އެންޑީއެމްއޭ އިން ލިޔެކިޔުން ބަލަހައްޓާ ގޮތް ރަނގަޅު ވާހަކަ އެ ބޭފުޅުން ފާހަގަ ކޮށްފައިވާ ކަމަށާއި ހުރިހާ ލިޔެކިޔުންވެސް ހިއްސާ ކުރިކަމަށެވެ. އަދި އެންއީއޯސީގައި މަސައްކަތް ކުރުމުގެ ފުރުސަތު އޮޑިޓް އޮފީހަށް ރަސްމީކޮށް ދިންކަމަށާއި އެބޭފުޅުން އެ ދައުވަތު ގަބޫލު ނުކުރެއްވީ ކަމަށްވެސް ހިސާން ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.