މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ތަފާސް ހިސާބުތަކުން، ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު އެ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެކަމަށް ދައްކައިފިއެވެ. ޖުލައި މަހު އެ މިނިސްޓްރީއަށް ހުށަހެޅުނީ 170 މައްސަލައެވެ. އަދި އޮގަސްޓް މަހު 184 މައްސަލަ ހުށަހެޅިފައިވެއެވެ.

ޖެންޑަ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަދިވެސް އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅެނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލައެވެ. އެގޮތުން ޖުލައި މަހު 93 މައްސަލަ ހުށަހެޅުނު އިރު، އޮގަސްޓް މަހު ވަނީ 103 މައްސަލައެއް ހުށަހެޅިފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ 36 މައްސަލައަކާއި، ޖިސްމާނީ ހާނިއްކައިގެ 20 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. އަޅާނުލެވުމުގެ 24 މައްސަލައެއް ހުށަހެޅިފައިވާ އިރު، މިއީ ޖުލައި މަހާ އަޅާ ބަލާއިރު 4 ކޭސް އިތުރު އަދަދެކެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ހުށަހެޅިފައިވަނީ ޖުމްލަ 28 މައްސަލައެވެ. މިއީ ޖުލައި މަހާ އަޅާ ބަލާއިރު ދަށްވުމެކެވެ. މިގޮތުން، ޖުލައި މަހު ހުށަހެޅިފައިވަނީ 11 ޖިސްމާނީ ހާނިއްކައިގެ މައްސަލައެވެ. އޮގަސްޓް މަހު މި އަދަދު ވަނީ 10 އަކަށް ތިރިވެފައެވެ. ޖިންސީ ހާނިއްކައިގެ މައްސަލަތައްވެސް 3 އަކުން 2 އަކަށް ތިރި ވެފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. ނަފްސާނީ އަނިޔާ ކުރުމުގެ މައްސަލަތަށް ވެސް 12 އަކުން 10 އަކަށް ދަށްވެފައިވެއެވެ. މީގެ އިތުރުންވެސް، ޖެންޑަރ މިނިސްޓްރީ އިން ހާމަކުރައްވާ ގޮތުގައި އޮގަސްޓް މަހު ހުށަހެޅިފައިވަނީ 3 ރޭޕްގެ މައްސަލައެވެ.

ގެވެށި އަނިޔާގެ މައްސަލަތައް އަންހެނުން ހުށަހަޅާ މިންވަރު ދަށްވެފައިވާއިރު، ފިރިހެނުން ހުށަހަޅާ މިންވަރު ވަނީ އިތުރުވެފައެވެ. މިގޮތުން ޖުލައި މަހު މައްސަލަ ހުށަހަޅާފައިވަނީ 1 ފިރިހެނެކެވެ. އެހެންނަމަވެސް އޮގަސްޓް މަހު 5 ފިރިހެނުން ޖެންޑަ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވެއެވެ.

ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް އިތުރުވަމުންދާ ކަމަށް މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ޖޫންމަހުވެސް ވަނީ ވިދާޅުވެފައެވެ. މުޅި ދުނިޔޭގައިވެސް، ކޮވިޑްގެ ސަބަބުން ލޮކްޑައުންގެ މި ހާލަތުގައި ގެވެށި އަނިޔާ އަދި ކުޑަ ކުދިންނަށް ކުރާ އަނިޔާތައް ދަނީ އިތުރުވަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.