ޚަބަރު
ފިނޭންސް މިނިސްޓަރު ޑރ. ޝަފީގާ ބައްދަލުކޮށް، ޗާޓާޑު އެކައުންޓެންޓްސް މޯލްޑިވްސްއިން މަރުހަބާ ދަންނަވައިފި
ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު މިއަދުގެ ބައްދަލުވުމުގައި --- ފޮޓޯ/ އޭސީ މޯލްޑިވްސް

ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ރާއްޖޭގެ ފިނޭންސް މިނިޓަރު ޑރ. މުހައްމަދު ޝަފީގާ ބައްދަލުކޮށް، މަރުހަބާ ދަންނަވައިފިއެވެ.

ސީއޭ މޯލްޑިވްސްއިން މިއަދު މިނިސްޓަރު ޑރ. ޝަފީގުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައިވާ އިރު، އެ އެސޯސިއޭޝަނުން ބުނީ، ޑރ. ޝަފީގުގެ ބައްދަލުވުމަށް ޝުކުރު އަދާކުރާ ކަމަށެވެ. ހާއްސަކޮށް ޑރ. ޝަފީގާއެކު ކުރިއަށް ރަނގަޅު ކަންތައްތަކެއް ރޭވޭނެކަމުގެ އުންމީދު ބޮޑު ކަމަށްވެސް ސީއޭ މޯލްޑިވްސްއިން ބުންޏެވެ. އޭގެ އިތުރުން އެ އެސޯސިއޭޝަނުން ޑރ. ޝަފީގަށް ފުރިހަމަ އިތުބާރު ކުރާ ކަމަށާއި، ޑރ. ޝަފީގު ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ސީއޭން ބުންޏެވެ.

އެސޯސިއޭޝަނުން ބުނީ ޑރ. ޝަފީގު ރާއްޖޭގެ ފައިނޭންޝަލް މެނޭޖްމަންޓާއި، ފައިނޭންޝަލް ރިޕޯޓިންނަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގަކީ ފައިނޭންސް ދާއިރާއިން ޑޮކްޓަރޭޓް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވެގެން ގޮސްފައި ވަނީ ލ . އަތޮޅުން މިނިސްޓަރު ކަމަށް ވަޑައިގެންނެވި ފުރަތަމަ ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅަކަށެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top